4 މޫސާގެފާނު ކައިރިއަށް ވަޑައިގަންނަވާތަން މާތްރަސްކަލާނގެއަށް ފެނިވޮޑިގަތުމުން އެ ގަސްގަނޑު ތެރޭން ވަޙީ ކުރެއްވިއެވެ. ”މޫސާ! މޫސާ!“ މޫސާގެފާނު ވިދާޅުވިއެވެ. ”އާދެ! އަޅުގަނޑު އެބަހުރިން.“