ތިމޮތީއަށް ދެވަނަ ސިޓީ 4:6 - ކިތާބުލް މުޤައްދަސާ6 އަހަރެން ނިމިދިއުމުގެ ވަގުތު މިހާރު މިވަނީ އައިސްފައެވެ. އަދި އަހަރެންގެ ޙަޔާތު މިވަނީ މާތްރަސްކަލާނގެއަށްޓަކައި ހުށަހެޅުމަށް ތައްޔާރުވެފައިވާ ޙާލަތެއްގައެވެ. See the chapter |
ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްކަލާނގެ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.“
ތިޔަބައިމީހުން މާތްކަލާނގެއާ މެދު އޮންނަ އީމާންކަމަކީ ތިޔަބައިމީހުން އެކަލާނގެއަށް ހުށަހަޅާ ޤުރުބާނީއާއި ޚިދުމަތް ފަދަ ކަމެކެވެ. އަހަރެންގެ ލޭ ވެސް އެޤުރުބާނީ އާއެކު ހުށަހަޅަން ޖެހިދާނެއެވެ. މިކަން މިމަގުން ހުރިނަމަވެސް އަހަރެންގެ ޙަޔާތުގެ އުފާތައް ތިޔަބައިމީހުންނާއިއެކުގައި ޙިއްސާ ކުރުމީ އަހަރެންނަށް ލިބޭ އުފަލެއްމެއެވެ.