Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ދެވަނަ ސިޓީ 4:22 - ކިތާބުލް މުޤައްދަސާ

22 މާތްސާހިބާ ރޫޙީގޮތުން ތިބާއާއެކުގައި ވާށިއެވެ. އަދި ތިޔަ އެންމެންނަށް އެކަލޭގެފާނުގެ ނިޢުމަތް ލައްވާށިއެވެ. އާމީން!

See the chapter Copy




ތިމޮތީއަށް ދެވަނަ ސިޓީ 4:22
13 Cross References  

މަގޭ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅު ކަލޭމެންނާއި އެކު ލަހައްޓަވާށިއެވެ. އާމީން.


މާތްސާހިބާ އީސާ އަލްމަސީޙާއި މެދު ނިމުމެއް ނުވާ ފަދައިން ލޮބުވެތި ގޮތުގައިވާ ހުރިހާ އެންމެންނަށް މާތްރަސްކަލާނގެ ނިޢުމަތްފުޅު ލިބިދެއްވާށިއެވެ.


މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅު ތިޔަބައިމީހުންގެ ރޫޙުތަކުގައި އެކުލެވޭށިއެވެ!


އަހަރެން، ޕައުލް، ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވުމަށް މިސިޓީގައި މިލިޔާ ބައި ލިޔަމުން މިގެންދަނީ އަހަރެންގެ އަތު ލިޔުމުންނެވެ. އަހަރެން ޖަލުގައި ހައްޔަރުވެ ހިލިހިލާ ޖެހިފައިވާކަން ތިޔަބައިމީހުންގެ ހަނދާނުގައި ބެހެއްޓުމަށް އެދެމެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާ އެކުގައި ވާށިއެވެ!


ބައެއް މީހުން ތާކުންތާކު ނުޖެހޭ ކަންތައްތަކުގެ ފަހަތުން ގޮސް އީމާންތެރިކަން ނަގާލާ މިސްރާބެއް ނެތި ދަތުރު ކުރެއެވެ. މާތްރަސްކަލާނގެ ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތް ލައްވާށިއެވެ! އާމީން.


މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ނިޢުމަތްފުޅު ތިބާގެ ރޫޙުގައި ލައްވާށިއެވެ.


މަސީޙީންގެ ގޮތުގައި ދެމިތިބި އެކަކު އަނެކަކަށް ލޯތްބާއިއެކު މަރުޙާބާ ކިޔާށެވެ. ތިޔަބައިމީހުންގެ ތެރެއިން އަލްމަސީޙާއި އެކުގައިވާ ހުރިހާ އެންމެންނަށް ސުލްޙަވެރިކަން ދެއްވާށިއެވެ.


މާތްސާހިބާ އީސާގެފާނުގެ ނިޢުމަތްފުޅު ތިޔައެންމެނާއެކުގައި ވާށިއެވެ. އާމީން!


Follow us:

Advertisements


Advertisements