Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ދެވަނަ ސިޓީ 4:19 - ކިތާބުލް މުޤައްދަސާ

19 އަހަރެންގެ ތަހުނިޔާ ޕްރިސިލާ އަށާއި އަކީލާގެ އިތުރުން އޮނެސިޕޯރަސްގެ އާއިލާއަށް ރައްދުކޮށްދޭށެވެ.

See the chapter Copy




ތިމޮތީއަށް ދެވަނަ ސިޓީ 4:19
7 Cross References  

އަދި ހަމައެހެންމެ، ތިޔަބައިމީހުންގެ ރަޙުމަތްތެރިންނަށް ތިޔަބައިމީހުން ތަހުނިޔާ ކިޔާ ކަމުގައިވާނަމަ، އަނެކުންނެކޭ ތިޔަބައިމީހުންނެކޭ އެއްވެސް ތަފާތެއް ނުވޭ. ބުދަށް އަޅުކަން ކުރާ މީހުން ވެސް ރަޙުމަތްތެރިންނާއި މެދު ލޯބިކޮށް ހިތާ.


އޭގެ ފަހުން ވެސް އެތައް ދުވަހެއްވަންދެން ޕައުލް ކޮރިންތުގައި ހުއްޓެވެ. އަދި އެއަށް ފަހު އީސާގެފާނަށް އީމާންވެގެން ތިބިމީހުންނާއި ހިތްހެޔޮކޮށް އެރަށުން ފުރިއެވެ. ދެން އަކީލާ އާއި ޕްރިސިލާ އާއިއެކު ޕައުލް އެރަށުން ފުރައިގެން، ކަންޚަރިޔާގައި ސޫރިޔާއަށް ދިއުމަށް ދަތުރުކުރާ އޮޑިއެއްގައި ދިޔައެވެ. އަދި އޭގެ ކުރިން ސެންކުރޭގައި ޕައުލް ބަނީއިސްރާއީލުގެ އާދަކާދައިގެ މަތިން އޭނާ ބުނި ނަދުރަކަށް ބޯ ވެސް ބޭލިއެވެ.


އެ ރަށުގައި އުޅުނު އަކީލާއޭ ކިޔުނު މީހަކު ވިއެވެ. މީނާއަކީ ބަނީއިސްރާއީލު މީހެކެވެ. ނަމަވެސް މީނާ އުފަންވީ ޕޮންތުސްގައެވެ. އަދި އޭނާ ދިރި އުޅުނީ ރޯމުގައެވެ. ނަމަވެސް ކުލާއުދިއުސް ރަސްގެފާނު ރޯމުގައި އުޅުނު ހުރިހާ ބަނީއިސްރާއީލު މީހުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް އަމުރުކުރުމުން އަކީލާ ވެސް އޭނާގެ އަންހެނުން ޕްރިސިލާ ގޮވައިގެން އިޓަލީން ކޮރިންތުއަށް އައި ތާ އަދި މި ވީ ކުޑަ ދުވަސްކޮޅެކެވެ. އެއްދުވަހަކު ޕައުލް އަކީލާ އާއި ޕްރިސިލާގެ ގެއަށް ދިޔައެވެ.


އަކީލާއަށާއި ޕްރިސިލާއަށް އަޕޯލޮސް ދީނީ މަރުކަޒުގައި ކެރިގެން އީސާގެފާނާއި މެދު ވާހަކަދެއްކި އަޑު އިވުނެވެ. ދެން އެމީހުން އަޕޯލޮސް އެމީހުންގެ ގެއަށް ގެންގޮސް އީސާގެފާނު އަންގަވައި ދެއްވި މާތްރަސްކަލާނގެ ބަސްފުޅާއި މެދު އޭނާއަށް އިތުރަށް އަންގައިދީ ކިޔަވާދިނެވެ.


Follow us:

Advertisements


Advertisements