ތިމޮތީއަށް ދެވަނަ ސިޓީ 3:8 - ކިތާބުލް މުޤައްދަސާ8 އަދި މިފަދަ އެދުރުން ތެދާއިމެދު ދެކޮޅުހަދާނެއެވެ. މި ބުނެވިދިޔަ ފަދައިން ޔައްނީސް އާއި ޔަމްބިރީސް މޫސާގެފާނާއި ދެކޮޅުވެރި ވިއެވެ. އަދި މިފަދަ މީހުންނަކީ ތެދު ޙަޤީޤަތާއި އިދިކޮޅު ޢަދާވާތްތެރިންނެވެ. އެބައިމީހުންގެ ބުއްދިވަނީ ފާޙިޝް ޚިޔާލުތަކުން ފުރިފައެވެ. އެމީހުންގެ ކިބައިން ފެނުނީ އަސްލެއް ނުވާ އީމާންތެރިކަމެކެވެ. See the chapter |
އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.
މިފަދަ މީހުން މާތްރަސްކަލާނގެ އާއި ގުޅިފައިވާ ކަމުގައި ދަޢުވާ ކުރެއެވެ. ނަމަވެސް އެބައިމީހުންގެ އަމަލުތައް ސާބިތު ކޮށްދެނީ ޙަޤީޤަތުގައި އެކަލާނގެއާ އެބައިމީހުންނާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަމުގައެވެ. އެމީހުން ވަނީ މުޑުދާރުކަމާއި ނުކިޔަމަންތެރި ކަމެއްގެ ތެރޭގައެވެ. ރަނގަޅު އެއްވެސް ކަމެއް ކުރުމަށް އެކަށީގެންނުވާ ޙާލަތެއްގައެވެ.
އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.
ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.