ތިމޮތީއަށް ދެވަނަ ސިޓީ 3:2 - ކިތާބުލް މުޤައްދަސާ2 އިންސާނުން ހަމައެކަނި ލޯބި ކުރާނީ އެބައިމީހުންގެ އަމިއްލަ ނަފުސާއި އެމީހުންގެ މުއްސަނދި ކަމަށެވެ. އެމީހުންނަކީ ފޮނި ކަނޑައި ބޮޑާކަން މަތީގައި ތިބެ މާތްކަލާނގެއަށް މަލާމާތްކޮށް ހަދައެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެއެވެ. އެމީހުންނަކީ ޝުކުރު ކުރުމެއް އަދި ދީނެއް ވެސް ނެތް ބައެކެވެ. See the chapter |
ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.
އެކަމަކު މި ޤާނޫނުތަކަކީ ހެޔޮލަފާ މީހުންނަށްޓަކައި ބިނާކުރެވިފައިވާ އެއްޗެއް ނޫނެވެ. މިއީ ނުކިޔަމަންތެރިކަމާއި އަމުރާ ޚިލާފުވާ މީހުންނަށާއި ކަލާނގެވަންތަކަން ގަބޫލު ނުކުރާ ނުބައި ފާފަވެރިންނަށް އޮތް އެއްޗެކެވެ. މާތްރަސްކަލާނގެއާއިމެދު ބިރުވެތިނުވާ ފަރާތްތަކަށާއި މައިންބަފައިންގެ އިތުރުން އެހެނިހެން މީހުން މަރަމުން ދާ ފަރާތްތަކަށެވެ.
މިފަދަ އެދުރުންގެ ބޮޑާކަމާއި ޖާހިލުކަމުގެ އިތުރުން ހުރިހާ ތަކެއްޗެއް އެނގޭކަމުގައި ބުނާނެއެވެ. އަދި ބޭނުމެއް ނެތް ގޮތުގައި ބަސްބަހުގެ މާނައާ މެދު ހިތުގައި ބަލިމަޑުކަމެއް ކުރިމަތި ވަންދެން ޒުވާބު ކުރާހިތްވެދެއެވެ. އޭގެ ނަތީޖާއަކީ ހިތުގައި އުފެދޭ ދެކޮޅުވެރިކަމުގެ ސަބަބުން އަނބުރާ ބެހުމާއި އެކަކު އަނެކަކަށް ޙަސަދަވެރި ވުމުގެ އިތުރުން ޝައިތާނީ ޝަކުވާތައް ކުރުމެވެ.
ނުބައި އެދުންތަކާއި ދެކޮޅަށް ސާބިތުވެ ހުރުމުގައި އެކަލާނގެ ގިނަގުނަ ނިޢުމަތްފުޅު ލައްވައެވެ. ސާބިތުވެ ހުރުމުން މުޤައްދަސް ފަތްފުށްތައް މިފަދައިން ބަޔާން ކޮށްދެއްވާފައި ވަނީ އެހެންވެއެވެ. ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“
އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“
ޚާއްސަކޮށް މި ޢުޤޫބާތަކީ ފާޙިޝް ނުތާހިރު ޚިޔާލުތަކާއެކު ނުބައި އަމަލުތައް ކުރަމުން ގެންދާ ފަރާތްތަކަށާއި އަދި އެކަލާނގެ ޢައްޔަނު ކުރެއްވި ވެރިންނަކީ އެއްވެސް ބައެއް ނޫންކަމަށް ހިތާ ފަރާތްތަކަށް ހުރި ޢުޤޫބާތެވެ. މިފަދަ ދޮގު އެދުރުންނަކީ ޖެހިލުންކުޑަ އަދި ހިތަށް އެރިހާ ކަމެއް ކުރަމުން ދާނެބައެކެވެ. އަދި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ފާޑު ކިޔުމަށް ބިރުވެތިވާ ބައެއް ވެސް ނުމެ ނޫންމެއެވެ.
ނަމަވެސް މިފަދަ ދޮގު ރަސޫލުންނަށް އެނގިގެންނުވާ ކަންތައްތަކާއި ދެކޮޅަށް ވާހަކަ ދައްކާނެއެވެ. ނަމަވެސް އެއިން އެއްކަމެއް ވެސް އެބައިމީހުންނަކަށް ނޭނގެއެވެ. އަދި އެބައިމީހުން ބުއްދިއެއްނެތް ހައިވާނުންނަށް ވުރެން ވަކިން މޮޅެވެގެން ނުވެއެވެ. އެއީ އެފަދަ ހައިވާނުންނަކީ އެ ތަކެތީގެ އިޙުސާސުތަކުގެ މަތީގައި ދިރިއުޅެމުން ގެންދާ ތަކެއްޗެވެ. އަދި އެ ތަކެތި އުފަންވެގެންވީ ޝިކާރައިގައިޖެހި މަރުވުމަށެވެ. އަދި އެބައިމީހުންގެ ނުބައިވެގެންވީ މިފަދަ އަމަލުތަކުގެ ސަބަބުން ޝިކާރަ ވެދާ ހައިވާނުން ފަދައިން ނެތިދާނެ އެވެ.
އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.
ގަދަފަދަ ވެގެންވާ ގަނޑުފެނުގެ ބޮޑެތި ގުޅަތަކެއް އޮހުނެވެ. އެއިން ކޮންމެ ގުޅައެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ސަތޭކަ ރާތާ ހުއްޓެވެ. އުޑުން އެ ގުޅަތައް މީސްތަކުންގެ މައްޗަށް ފޮނުވަމުން ދިޔައެވެ. ގަނޑުފެނުގެ ތޫފާނުގެ މުސީބާތުގެ ބޮޑުކަމުން އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސް ބުނެ ހެދިއެވެ.