Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ދެވަނަ ސިޓީ 3:14 - ކިތާބުލް މުޤައްދަސާ

14 ތިބާއަށް ދަސްވެ ޔަޤީންވެފައިވާ ކަންތައް ކުރުންމަތީ ދެމިހުންނާށެވެ. އެހެނީ އެކަންތައް ތިބާއަށް ދަސްކޮށްދިނީ ކޮންފަރާތެއްކަން ތިބާއަށް އެނގޭނެ މެއެވެ.

See the chapter Copy




ތިމޮތީއަށް ދެވަނަ ސިޓީ 3:14
12 Cross References  

އެހެނީ ދުނިޔޭގެ އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިސާބު ބައްލަވާނެ ދުވަހެއް އެކަލާނގެ ކަނޑައަޅުއްވައިފިއޭ. އަދި އެ ފަދައިން މީސްތަކުންގެ މައްޗަށް ހިސާބު ބެއްލެވުމަށް އެކަލާނގެ ހަމަޖައްސަވާ ކަނޑައެޅުއްވި ބޭކަލަކީ އީސާގެފާނޭ. އީސާގެފާނު މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރުއްވާ މާތްރަސްކަލާނގެ މި ކަން ސާބިތުކޮށް ހާމަކޮށްދެއްވައިފިއޭ.⁠“


އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.


ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ.


އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.


ތިބާގެ ދިރިއުޅުމުގެ އިތުރުން ތިބާގެ ޢަޤީދާއާއި މެދުގައި ވިސްނާށެވެ. ހުރަސްތައް މިކަމުގައި ދިމާވެދިޔަ ނަމަވެސް ނުހުއްޓި ކުރިއަށްދާށެވެ. އޭރުން ތިބާ އާއި އެކު ތިބާގެ ބަސްތައް ގަބޫލުކުރި މީހުން ވެސް މާތްރަސްކަލާނގެ ސަލާމަތް ކުރައްވާނެއެވެ.


އަހަރެންގެ ފަރާތުން ތިބާއަށް ލިބިގެންދިޔަ ރަނގަޅު ފިލާވަޅުތައް ނަމޫނާގެ ބޭނުން ކުރާށެވެ. އަދި އީމާންތެރިކަމާއެކު ދިރިއުޅުމަށް ހަނދާން ކުރާށެވެ. ހަމަ އެހެންމެ އީސާ އަލްމަސީޙު ތިބާ އާއިމެދު ބަހައްޓާ ލޯތްބާއި އެކުގައިމެއެވެ.


އަހަރެން ކިޔަވައިދިން ކަންތައް ވަރަށްގިނަ ހެކިވެރިންނާއެކު ތިބާއަށް ވާނީ އަޑުއިވިފައެވެ. އަހަރެން އެދެނީ އަހަރެން އެ ދަސްކޮށްދިން ކަންތައް އެހެންމީހުންނަށް އުނގަންނައިދެވޭނެ އިތުބާރު ހުރި ތިބި ބަޔަކަށް އެވާހަކަތައް ކިޔައިދިނުމަށެވެ.


ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ.


އެމީހުން ވާން ޖެހޭނީ އެމީހުންނަށް އެނގިގެންވީ މި ޚަބަރުފުޅަކީ ތެދު ޚަބަރުފުޅު ކަމުގައި ބަލައިގަނެ އިތުބާރު ގޮތެއްގައި ހިފަހައްޓާ ބަޔަކު ކަމުގައެވެ. އެހެންވީމާ މި ހަރުދަނާ ޢަގީދާ އުނގަންނައި ދިނުމުން އީމާންތެރިންނަށް ހިތްވަރު ލިބި އިދިކޮޅު މީސްތަކުން އިސްލާޙު ވެދެއެވެ.


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


އަހަރެމެންގެ އެދުމަކީ ކަލޭމެން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އެގޮތުގައި އަޒުމާއެކު އުޅެމުން ދިއުމެވެ. އޭރުން ކަލޭމެން ތިޔަ އުންމީދު ކުރާކަންތައް ޔަޤީނުންވެސް ޙަޤީޤަތަކަށްވެ ފުރިހަމަވެގެން ދާނެއެވެ.


Follow us:

Advertisements


Advertisements