Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ދެވަނަ ސިޓީ 2:22 - ކިތާބުލް މުޤައްދަސާ

22 ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.

See the chapter Copy




ތިމޮތީއަށް ދެވަނަ ސިޓީ 2:22
28 Cross References  

ނުބައިމީހާ ކުރާ އަޅުކަމުގެ ޤުރުބާނީ ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހާ ކުރާ ދުޢާއާ އެކަލާނގެ ރުހިވޮޑިގަންނަވައެވެ.


ކަލޯއީ ޝިކާރަވެރިޔާގެ މަޅިން ބޯދަމައިގަންނަ ދޫންޏެއް ހެން ބަޗާށެވެ. ދަލުން ނެއްޓިގެން ދުވާ ފުއްލާއެއް ހެން ފިލައި ރައްކާވާށެވެ.


އެ ވިޔާނުދާ އަންހެނާގެ ގޭދޮށުގައި އެސޮރު މުގޯލި އަޅަމުން ދިޔައެވެ.


އެމީހުން އިސްތިފާނު މަރާލުމަށް އޭނާގެ ގައިގައި ހިލަތަކުން ތަޅަމުން ދިޔަ ވަގުތު އިސްތިފާނު ދުޢާ ކުރިއެވެ. ”⁠މާތްސާހިބާ އީސާގެފާނު. މި އަޅާގެ ފުރާނައާއި ހަވާލުވޭ.⁠“


އަދި އަޅުގަނޑުމެން އަހާފައިވާ ގޮތުގައި އޭނާ ދިމިޝްޤަށް އައީ ވެސް ކަލޭގެފާނަށް އީމާންވާ އެންމެން ހައްޔަރު ކުރުމަށް. އަދި ކަލޭގެފާނަށް އީމާންވެ އަޅުކަން ކުރާ ކޮންމެ މީހަކު ހައްޔަރު ކުރުމަށް ބޮޑު އިމާމުންގެ ފަރާތުން އޭނާއަށް އެކަމުގެ ހުއްދަ ދިނުމުގެ ގޮތުން ޚާއްސަ ސިޓީއެއް ވެސް ދީފައިވާ ވާހަކަ އަޅުގަނޑުމެން ވަނީ އަހާފަ.⁠“


އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ މިންނުކުރެވޭ ނިޢުމަތްފުޅު އަހަރެންގެ މައްޗަށް އޮއްސަވާލެއްވިއެވެ. އަދި އެކަލޭގެފާނުގެ ކިބަފުޅުން އަންނަ އީމާނާއި ލޯބިން އަހަރެން ފުރާލެއްވިއެވެ.


މި ގޮތަށް އަހަރެންގެ މިއިރުޝާދު ދިނުމުގެ މަގްސަދަކީ އީމާންވާ އެންމެހައި މީހުންގެ ކިބައިގައި ސާފުތާހިރު ހިތަކުން އުފެދޭ ލޯތްބެއް އަށަގެންނެވުމަށެވެ. އަދި އެއީ ސާފު ޒަމީރަކުންނާއި ތެދުވެރި އީމާންތެރިކަމަކުން އުފެދޭ ލޯތްބެއް ވެސް މެއެވެ.


އެހެންވީމާ، އަހަރެން އެދެނީ އެންމެހާ ފިރިހެނުން ދުޢާ ކުރާ ހިނދު މަޑުމައިތިރިވެ އަތްތައް މައްޗަށް އުފުލައިގެން ރުޅިވެރިކަމާއި އަރާރުން އެއްކިބާވެތިބެ، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމަށެވެ.


އެއްވެސް ޙާލަތެއްގައި ތިބާގެ އުމުރުގެ ހަގުކަމާއެކު، މީސްތަކުން ތިބާގެ ހައިސިއްޔަތާމެދު ފަރުވާކުޑަކުރުމުގެ ފުރުސަތު ނުދޭށެވެ. ތިބާގެ އުނގަންނައި ދިނުމާއި ލޯތްބާއި އީމާންތެރިކަމާ ސާދާ ދިރި އުޅުމުން އީމާންވީ ފަރާތްތަކަށް ނަމުނާއެއް ކަމުގައި ވާށެވެ.


ތިމޮތީއެވެ. ތިބާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެއަށެވެ. މިފަދަ ހުރިހާ ޝައިތާނީ ކަންތައްތަކާއި ދުރުހެލިވާށެވެ. އަދި ރަނގަޅު ސާލިޙު ކަންތައްތަކައިގެން އެކަލާނގެ ރުއްސަވާ ގޮތުގައި އުޅޭށެވެ. އެކަލާނގެ މަގުގައި އީމާންތެރިކަމާއި މަޑުމައިތިރިކަމާއި ލޯތްބާއެކު ފުރިހަމައަށް ސާބިތުވެ ހުންނާށެވެ.


ކަލޭމެން ސުލްޙަވެރިކަމާއެކު އެންމެންނާއެކު އެކުއުޅެވޭތޯ ބަލާށެވެ. އަދި ތާހިރު މުޤައްދަސް ދިރިއުޅުމެއް އުޅޭށެވެ. އެފަދަ ދިރިއުޅުމެއް ނޫޅެ މާތްރަސްކަލާނގެ ޙަޟްރަތަކަށް ނުދެވޭނެއެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.


ނުބައި އަމަލުތަކުން އެއްކިބާވެ ހެޔޮ އަމަލުތައް ކުރާށެވެ. އަނެކުންނާއި އެކުގައި ޞުލުޙަވެރި ގޮތުގައި ދިރިއުޅުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.


އަހަރެންގެ އިޚުލާސްތެރި އަޚާއެވެ. ނުބައި އެއްވެސް ކަމެއް ނަކަލު ނުކުރާށެވެ. ނަމަވެސް ހެޔޮ ކޮންމެ ކަމެއްމެ ބަލައިގަންނާށެވެ. ހެޔޮ އަމަލު ކުރާ މީހާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. އެހެނަސް ނުބައި އަމަލުކުރާ ބަޔަކަށް މާތްކަލާނގެއަކީ ކޮބައިކަމެއް ނޭނގެއެވެ.


Follow us:

Advertisements


Advertisements