ތިމޮތީއަށް ދެވަނަ ސިޓީ 2:20 - ކިތާބުލް މުޤައްދަސާ20 މުއްސަނދި ބޮޑެތި ގެތަކުގައި، ގެވެހި ކަންވާރުގެ ގޮތުގައި ގެންގުޅެނީ ހަމައެކަނި ރަނާރިހީގެ ކަންވާރުތައް އެކަންޏެއް ނޫނެވެ. ބައެއްފަހަރު ލަކުޑިން ނުވަތަ ކުލޭއިން ހަދާފައިވާ ކަންވާރުތައް ގެންގުޅެއެވެ. މީގެތެރެއިން ބައެއްތަކެތި ޚާއްސަކުރެވި އަދި އަނެއްބައި ތަކެތި ޚާއްސަ ކުރެވިގެން ނުވެއެވެ. See the chapter |
އެހެންވީމާ، ހިނދުކޮޅެއްގެ ވަގުތު ކޮޅަކަށް ނަމަވެސް ތިބާއާއި ބައްދުލުވުން ލަސްވިކަމުގައި ވިޔަސް މާތްރަސްކަލާނގެ ދަރުބާރުތަކުގައި މީސްތަކުން ތަރުބިއްޔަތު ކުރާނޭ ގޮތް ތިބާއަށް އަންގައި ދިނުމަށްޓަކައެވެ. އެ ދަރުބާރަކީ ދިރިދެމިވޮޑިގެންވާ ކަލާނގެ ކަނީސާއެވެ. އެއީ ޙައްޤުތެދުގެ ބިންގަލާއި ތަނބު ވެސް މެއެވެ.
އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.