Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ދެވަނަ ސިޓީ 1:7 - ކިތާބުލް މުޤައްދަސާ

7 އަހަރެމެން ބިރުވެތިވެ ފިނޑިވުމަކަށް މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަކަށް ނުދެއްވައެވެ. އެހެނަސް އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވީ ބާރާ، ލޯތްބާއި ނަފްސު ތަރުބިއްޔަތު ކޮށްދެއްވުމަށެވެ.

See the chapter Copy




ތިމޮތީއަށް ދެވަނަ ސިޓީ 1:7
28 Cross References  

ޞާލިޙު ތެދުވެރިންނަށް ރައްކާތެރިކަން ލިބި ހެޔޮ ނަސޭހަތުގެ ޚަޒާނާ ލިބެނީ ވެސް އެކަލާނގެ ކިބަފުޅުންނެވެ.


އަހަރެން ގަސްތުކުރާ ކަންތައް ކޮށް ނިންމަމެވެ. އަހަރެންގެ ހަމަބުއްދި ހުރެއެވެ. އަހަރެން ގަދަފަދައެވެ.


ހަރުފަ އާއި ނަގުލަންދާށީގެ މައްޗަށް ފައިން އަރާ ޗިސްޗިސް ކޮށްލުމަށާ ޝައިތާނާގެ ހުރިހާ ބާރެއް ނެތިކޮށްލުމަށް އަހަރެން ކަލޭމެންނަށް ބާރު ދީފިން. އެއްވެސް އެއްޗަކަށް ކަލޭމެންނަކަށް އަނިޔާއެއް ނުދެވޭނެ.


މިހެން ކަންތައް ދިމާވި ހިނދު އޭނާއަށް ވީ ގޮތް ވިސްނި ހޭޖެހި އޭނާ އޭނާގެ އަމިއްލަ ނަފްސަށް ބުނި. ’⁠މަގޭ ބައްޕަގެ ނޯކަރުންނަށް ވެސް އެމީހުންނަށް ނުކެވި ގިނަވާ ވަރަށް ވުރެ ގިނައިން ވެސް ކާން ލިބެއޭ. އެކަމަކު މަ މިތާނގައި މިބަނޑަށް މަރުވަނީއޭ.


ކަލޭމެން މާތްރަސްކަލާނގެ މަތިވެރި ބާރުފުޅު ދެއްވުމަށް ދާންދެން މިރަށުގައި މަޑު ކުރޭ. އަހަރެންގެ ބައްޕަ ވަޢުދުވެ ވޮޑިގެން ވީ ހަދިޔާފުޅު ޚުދު އަހަރެން ކަލޭމެންގެ ކައިރިއަށް ފޮނުއްވާނަން.⁠“


އެމީހުން އީސާގެފާނުގެ އަރިހަށް އައިއިރު އެތައް ބައިވަރު ޖިންނިއެއްގެ ސަބަބުން ޖިންނި މޮޔަވެފައި ވީ މީހާ ގައިގައި އަންނައުނު ލައިގެން ބުއްދި ހަމަކަން މަތީ އެތާ އިންތަން ދެކެ މިބައިމީހުން ބިރުގަތެވެ.


އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.


ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.⁠“


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.


ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”⁠ކަލޭމެން ތިޔަ ހެން ރޮއެ އަހަރެންގެ ހިތްހަލާކު ތިޔަ ކުރަނީ ކީއްވެ؟ މާތް ސާހިބު އީސާގެފާނަށްޓަކައި އަހަރެން ޖެރޫސަލަމުގެ ޖަލަށް ދިއުމަށް، އަދި ކީއް ކުރަން، އެކަލޭގެފާނަށްޓަކައި ފުރާނަ ދިނުމަށް ވެސް އަހަރެން މިހިރީ ތައްޔާރަށް.⁠“


އަދި ދީނީ މަރުކަޒުތަކުގައި އޭގެ ތެރެއިން އެތައް ބަޔެއްގެ ގައިގައި ހަންމުށިން ތެޅުމަށް ވެސް އެންގިން. އަދި އެ ގޮތުން އެމީހުން ލައްވާ އީސާގެފާނާއި ދެކޮޅަށް ވާހަކަ ދައްކުވަން އަޅުގަނޑު މަސައްކަތް ކުރީން. އަޅުގަނޑު އެމީހުންނަށް ކުރާ ނަފްރަތުގެ ބޮޑުކަމުން އީސާގެފާނަށް އީމާންވާ މީހުން ހޯދާ އެމީހުންނަށް އަދަބު ދިނުމަށް އެހެން ރަށްރަށަށް ވެސް ދިޔައިން.⁠“


ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”⁠އިއްޒަތްތެރި ގަވަރުނަރު ފެސްތުސް. އަޅުގަނޑު މިހިރީ މޮޔަވެފައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ ސާފު ސީދާ ތެދު.


މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅު އިސްތިފާނުއަށް ދެއްވައި ބަނީއިސްރާއީލު މީސްތަކުންގެ މެދުގައި އެތައް ހައިރާން ކުރުވަނިވި ކަންތަކަކާއި މުޢުޖިޒާތްތައް ވެސް ދެއްކުމުގެ ބާރު އޭނާއަށް ދެއްވިއެވެ.


ނަމަވެސް ޝާއުލް އީސާގެފާނާއި ބެހޭ ޚަބަރުތައް އަންގައިދިނުމުގައި ހަރުދަނާ ކަމާއެކު ކުރިއަށް ދިޔައެވެ. އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙުކަން ހާމަކޮށްދިނުމަށް އޭނާ ދައްކަމުން ދިޔަ ހެކިތަކުގެ ސާބިތުކަމާއި ތެދުކަމުގެ ސަބަބުން ދިމިޝްޤުގައި އުޅުނު ބަނީއިސްރާއީލު މީހުންނަކަށް އެކަމާ ދެކޮޅަށް ދައްކާނެ ހެއްކެއް ބުނާނެ ބަހެއް ނޭނގުނެވެ.


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


ތިޔަބައިމީހުންގެ ކިބައިގައި މާތްރޫޙުފުޅުން އުފެދިފައިވާ ލޯތްބާ ބެހޭގޮތުން އޭނާ އަހަރެމެންނަށް މައުލޫމާތު ދިނެވެ.


މިގޮތުން އެމީހުންގެ މުޅި އުމުރުގައި މަރު ދެކެ ގެންފައިވާ ބިރުގެ އަޅުވެތިކަމުން އެމީހުން މިނިވަން ކޮށްދެއްވުމަށެވެ.


މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


އެފަދަ ލޯތްބެއް ވާނަމަ އަހަރެމެންނަށް ބިރެއް ނެތެވެ. އެހެނީ ފުރިހަމަ ލޯބި ބިރުވެތިކަން ފައްސާލައެވެ. އެހެންކަމުން އަހަރެމެން ބިރުވެތިކަމުގެ ތެރޭގައި ތިބޭނަމަ އެކަމުން ދައްކަނީ އަހަރެމެންގެ ކިބައިގައި ލޯބި ފުރިހަމަ ނުވާކަމެވެ. އެގޮތަކީ ބިރު ގަންނަނީ ލިބިދާނެ އަދަބަކަށްޓަކައި ކަމަށް ވާތީއެވެ.


Follow us:

Advertisements


Advertisements