Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ދެވަނަ ސިޓީ 1:6 - ކިތާބުލް މުޤައްދަސާ

6 އަހަރެން ތިބާގެ ގައިގައި އަތް ބީއްސައި ތިބާއަށް ލިބިގެންދިޔަ ރޫޙާނީ ހަދިޔާގެ ބޭނުން އާލާކުރަމުން ގެންދިއުމަށް އަހަރެން ހަނދާންކޮށްދެނީ އެހެންވެއެވެ.

See the chapter Copy




ތިމޮތީއަށް ދެވަނަ ސިޓީ 1:6
19 Cross References  

ބަކަރި ކެހެރިން އުއި ވަށަން ދަންނަ އެކަންތައް ކުރާ ހިތުން ތިބި އަންހެނުން އެމަސައްކަތް ވެސް ކުރިއެވެ.


މި މަސައްކަތަށް ޝައުގުވެރިކަން ހުރި ހުރިހާބަޔަކު ގެންނަވައި އެމަސައްކަތް ކުރިއަށް ގެންދިއުމަށް މޫސާގެފާނު އެންގެވިއެވެ.


މިބޭފުޅާ މިދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން އޭނާގެ ދިހަ ނޯކަރުން އެއްކޮށް އޭގެން ކޮންމެ މީހަކަށް ރަނުގެ ލާރިއެއް ދެއްވާ ވިދާޅުވި. ’⁠މި ފައިސާއިން ކަލޭމެން އަހަރެން އަންނަންދެން ވިޔަފާރި ކުރާށޭ.⁠‘


ދެން ޕައުލް އެމީހުންގެ ކޮނޑުގައި އަތްލާ ދުޢާ ކުރުމުން މާތްރޫޙުފުޅު އެމީހުންގެ މައްޗަށް ވެރިވިއެވެ. އެވަގުތު އެމީހުން ތަފާތު ބަސްތަކުން ވާހަކަދައްކާ އަދި މާތްރަސްކަލާނގެ ކުރައްވާނެ މަތިވެރި ކަންތައްތަކުގެ ވާހަކަތައް ދެއްކިއެވެ.


މި ހަތް މީހުން އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެނެވުނެވެ. އަދި އެ މަންދޫބުން އެމީހުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްޖެއްސިއެވެ. އެއީ މިމީހުންނަކީ މި މަސައްކަތް ކުރުމަށް ހޮވިކަނޑައެޅިފައިވާ މީހުން ކަން އެންގުމަށެވެ.


މާތްރަސްކަލާނގެ މާތްރޫޙުފުޅު ނިވުނަ ނުދޭށެވެ.


މަސީޙީ ޖަމާޢަތުގެ ބޮޑުން ތިބާއަށް ރަޙުމަތް ލެއްވުމަށް އެދި މާތްރަސްކަލާނގެއަށް ހުށަހެޅި ގޮތުގެ މަތިން ހަނދާން ބަހައްޓައި އެ ބޮޑުން ނިމުތުގައި ދެއްވި ޚަބަރުތަކުން ތިބާއަށް ލިބިފައިވާ ރޫޙީ ހަދިޔާ ބޭނުން ކޮށްގެން ކުރިއަށް ދާށެވެ.


ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.


މީސްތަކުންނަށް މިކަންތައް ހަނދާން ކޮށްދޭށެވެ. މާތްރަސްކަލާނގެ ނަންފުޅުމަތީގައި އެބައިމީހުންނަށް އަމުރުކޮށް، ބަސްބަހުގެ މާނައާ މެދު ދެބަސްވުންތައް ދޫކޮށްލުމަށް އަންގާށެވެ. މިފަދަ ދެބަސްވުމަކީ ބޭކާރުކަމެކެވެ. އަދި އެފަދަ ދެބަސްވުންތައް އަޑުއަހާނަމަ އެބަޔަކު ބަރުބާދު ވެދާނެއެވެ.


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


އަދި ތައުބާގެ ހިނައިގަތުމާއި ގައިގައި އަތް ޖެއްސުމާއި އަލުން ދިރި މަހުޝަރަށް ގެންދެވުމާއި، ހިސާބުބެއްލެވޭނެ ކަމުގެ ވާހަކަ އަލުން ނުދައްކަމާހެއްޔެވެ؟


މިތަކެތި ތިޔަބައިމީހުންނަށް އަބަދާއަބަދު ހަނދުމަ ކޮށްދިނުމަށް އަހަރެން ބޭނުންވެއެވެ. ހަމައެއާއެކު މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިގެންވާ ތަކެތި ވެސް މެއެވެ. އަދި އެތަކެތީގެ މަތީގައި ތެދުވެރި ކަމާއިއެކު ތިޔަބައިމީހުން ގާއިމުވެތިބި ތަކެތި ވެސްމެއެވެ.


ރަޙުމަތްތެރިންނޭވެ. މިއީ ތިޔަބައިމީހުންނަށް ހިތްވަރު ދީ ތެދުވެރި ވިސްނުމެއްގައި ތިބުމަށް ހަނދާންކޮށްދިނުމަށް އަހަރެން ފޮނުވާ ދެވަނަ ސިޓީއެވެ.


މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިފައިވާ ތަކެތި ކަމުގައި ވިޔަސް މި ތަކެތި ތިޔަބައިމީހުންނަށް އަހަރެން ހަނދާން ކޮށްދެމެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ޚިޔާރު ކުރެއްވި އިސްރާއީލު ބާގައިގެ މީހުން މިޞްރުން ސަލާމަތް ކޮށްދެއްވި ގޮތެވެ. އަދި އެބައިމީހުންގެ ތެރޭގައި ތިބި އެކަލާނގެއަށް އީމާން ނުވި މީހުން ނައްތަވާލެއްވި ގޮތެވެ.


Follow us:

Advertisements


Advertisements