ތިމޮތީއަށް ދެވަނަ ސިޓީ 1:3 - ކިތާބުލް މުޤައްދަސާ3 ތިމޮތީއެވެ. ތިބާއަށްޓަކައި އަހަރެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވަމެވެ. އެކަލާނގެއީ އަހަރެމެންގެ ކާބަފައިން ފަދައިން އަހަރެންގެ ޒަމީރުގެ ސާފުކަމާއެކު އަހަރެން ޚިދުމަތްކުރާ އަހަރެންގެ ކަލާނގެއެވެ. ރޭގަނޑާއި ދުވާލު އަހަރެންގެ ދުޢާތަކުގައި ތިބާގެ މަތިން އަބަދާއިއަބަދު ހަނދުމަ ކުރެވެއެވެ. See the chapter |
ޕައުލް ބުންޏެވެ. ”އަޅުގަނޑަކީ ސިލީސިޔާގެ ތަރުސުސްއަށް އުފަންވި ބަނީއިސްރާއީލު މީހަކީން. އަޅުގަނޑު އުޅެ ބޮޑު ވީ ޖެރޫސަލަމުގަ. އަޅުގަނޑު ކިޔެވީ ގަމަލީލުގެ އެދުރު ކަމުގެ ދަށުގަ. އެބޭފުޅާގެ އެދުރުކަމުގެ ދަށުގައި އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީ ގަވާއިދާއި ޤާނޫނުތައް ވަރަށް ފުރިހަމައަށް ދަސް ކުރީން. އަދި ހަމަ ތިޔަބައިމީހުން މިއަދު ތިޔަ ދައްކާ ރޫޙާއި ޖޯޝާއި އެކު އަޅުގަނޑު ވެސް ދީނުގެ ހުރިހާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރީން.
އާއެކޭ. އަޅުގަނޑު އެއްބަހޭ. އަޅުގަނޑު އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އަޅުކަން ކުރަން. އެމީހުންގެ ވެރިން ބުނާ ގޮތުގައި އަޅުގަނޑު އީމާންވެ އެ ގޮތެއްގެ މަތިން ކަން ކުރާ ގޮތް ކަމުގައިވާ އީސާގެފާނު ދެއްކެވި މަގަކީ މުޅިން ދޮގުތަކުގެ މައްޗަށް ބިނާވެފައިވާ މަގެއް. އެކަމަކު ޙަޤީޤަތަކީ އަޅުގަނޑު އަޅުކަންކޮށް އީމާން ވަނީ ހަމަ އަޅުގަނޑުގެ ކާބަފައިން ވެސް އެކަލާނގެ އަކަށް އަޅުކަން ކުރި މާތްރަސްކަލާނގެ ކިބަފުޅަށް. އަދި މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ އަމުރުފުޅުތަކަކަށް ވެސް އަޅުގަނޑު ކިޔަމަންވަން. އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތަކުގައިވާ ބަސްފުޅުތައް ވެސް އަޅުގަނޑު ގަބޫލު ކުރަން.