Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ދެވަނަ ސިޓީ 1:13 - ކިތާބުލް މުޤައްދަސާ

13 އަހަރެންގެ ފަރާތުން ތިބާއަށް ލިބިގެންދިޔަ ރަނގަޅު ފިލާވަޅުތައް ނަމޫނާގެ ބޭނުން ކުރާށެވެ. އަދި އީމާންތެރިކަމާއެކު ދިރިއުޅުމަށް ހަނދާން ކުރާށެވެ. ހަމަ އެހެންމެ އީސާ އަލްމަސީޙު ތިބާ އާއިމެދު ބަހައްޓާ ލޯތްބާއި އެކުގައިމެއެވެ.

See the chapter Copy




ތިމޮތީއަށް ދެވަނަ ސިޓީ 1:13
30 Cross References  

ތެދު ޙަޤީޤަތް ހޯދާށެވެ. އެ ވިއްކާ ނުލާށެވެ. ބުއްދިއާއި ތަރުބިއްޔަތާއި ލިބިގަނެ ހެޔޮނުބައި ދަސްކޮށް ތިމާގެ ކިބައިގައި އެކަންތައް ހަރުލައްވާށެވެ.


ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.


ދަރިފުޅާއެވެ! ވިސްނުންތެރިކަމާއެކު ކަންތައް ކުރާށެވެ. ތިމާގެ ބުއްދިފަސް ވިޔަނުދީ އުޅެވޭތޯ ބަލާށެވެ.


އަހަރެން މިދޭ ފިލާވަޅުތަކުގައި ރަނގަޅަށް ހިފަހައްޓާށެވެ. އެއީ ކަލޯގެ ދިރިއުޅުމެވެ.


އަހަރެން ގަސްތުކުރާ ކަންތައް ކޮށް ނިންމަމެވެ. އަހަރެންގެ ހަމަބުއްދި ހުރެއެވެ. އަހަރެން ގަދަފަދައެވެ.


މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ.


އަހަރެންގެ ފުށުން ތިޔަބައިމީހުންނަށް ދަސްވެ ލިބިދިން ކަންތަކާއި، އަހަރެންގެ ފަރާތުން އިވުނު ކަންތަކާއި، ފެނިގެންވީ އަމަލުތަކުގެ އިތުރުން އަހަރެން ބުނެދިން ކަންތައް ކުރާށެވެ. އެހެންވީމާ އަހަރެންދެއްކި ނަމޫނާ ތިޔަބައިމީހުން ބަލާށެވެ. މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ.


އެއީ ތިޔަބައިމީހުން އީސާ އަލްމަސީޙަށް ތަބާވެ އީމާންވެ ތިބި ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންދެކެ ތިޔަބައިމީހުން ލޯބިވާ ޚަބަރު އިވުމުންނެވެ.


ނަމަވެސް ކޮންމެ ކަމަކާއިމެދު ފަރުވާތެރިވެ އިމްތިޙާނު ކުރާށެވެ. ހެޔޮކަންކަމުގައި ގަދައަޅައި ހިފަހައްޓާށެވެ.


މި ޤާނޫނުތައް ހިފެހެއްޓިފައި ވަނީ އިންސާނުންގެ ތެރެއިން ފާޙިޝް އަމަލުތައްކުރާ މީހުންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި އަޅުން ގަނެވިއްކާ ފަރާތްތަކާއި ދޮގުވެރިންނާއި ހުވަޔާ ޚިލާފުވާ ފަރާތްތަކަށެވެ. އަދި ތެދު އުނގަންނައިދިނުންތަކާއި ދެކޮޅުވެރިވާ މިނޫން ވެސް ހުރިހާ ފަރާތްތަކަށެވެ.


އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ މިންނުކުރެވޭ ނިޢުމަތްފުޅު އަހަރެންގެ މައްޗަށް އޮއްސަވާލެއްވިއެވެ. އަދި އެކަލޭގެފާނުގެ ކިބަފުޅުން އަންނަ އީމާނާއި ލޯބިން އަހަރެން ފުރާލެއްވިއެވެ.


ދޮގު ފަތުވާގެ އެދުރުން މިކަންތައްތަކާއި މެދު އިންކާރު ކުރާނެއެވެ. އެހެނަސް މި ޚަބަރުތަކަކީ މާތް ސާހިބާ އީސާ އަލްމަސީޙުގެ އުނގަންނަވައި ދެއްވުމެވެ. އަދި އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ޙަޔާތަށް އަހަރެމެން ދިޔުމަށްޓަކާ ފުރިހަމަ ބިންގާ ވެސް އަޅުއްވާ ދެއްވާފައެވެ.


މިއީ އީސާ އަލްމަސީޙުގެ މަންދޫބެއް ކަމުގައިވާ ޕައުލު ފޮނުވާ ސިޓީއެކެވެ. މާތްރަސްކަލާނގެ އަހަރެން ހޮއްވެވީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ލިބިދެވޭނެ ޙަޔާތުގެ ވަޢުދު ބަސްފުޅު އަންގައި ދިނުމަށްޓަކައެވެ.


ސަމާލުކަން ދޭންވީ އަހަރެމެންގެ ކިބައިގައިވާ އެކަލާނގެ މާތްރޫޙުފުޅުގެ އެހީގައި ތިބާ އާއި ޙަވާލު ކުރެވުނު ކަންތައްތައް ފުރިހަމައަށް ރައްކާތެރިކޮށް ބެލެހެއްޓުމެވެ.


އަހަރެން ކިޔަވައިދިން ކަންތައް ވަރަށްގިނަ ހެކިވެރިންނާއެކު ތިބާއަށް ވާނީ އަޑުއިވިފައެވެ. އަހަރެން އެދެނީ އަހަރެން އެ ދަސްކޮށްދިން ކަންތައް އެހެންމީހުންނަށް އުނގަންނައިދެވޭނެ އިތުބާރު ހުރި ތިބި ބަޔަކަށް އެވާހަކަތައް ކިޔައިދިނުމަށެވެ.


ތިބާއަށް ދަސްވެ ޔަޤީންވެފައިވާ ކަންތައް ކުރުންމަތީ ދެމިހުންނާށެވެ. އެހެނީ އެކަންތައް ތިބާއަށް ދަސްކޮށްދިނީ ކޮންފަރާތެއްކަން ތިބާއަށް އެނގޭނެ މެއެވެ.


ސައްޙަ ތައުލީމެއްގެ އަޑުއަހަން މީސްތަކުންނަށް ކެތްނުކުރެވޭނެ ފަދަ ދުވަހެއް އަންނާނެއެވެ. އޭގެ ބަދަލުގައި އެމީހުން އަހާހިތްވާނީ އެމީހުންގެ ކަންފަތްތަކުގެ ކެހުން ފިލާފަލަ ބަސްތަކެވެ. އެމީހުން ހިތް އެދޭ އެފަދަ ބަސްތައް ބުނާ އެދުރުން ވަށާލެވޭތޯ އެމީހުން ބަލާނެއެވެ.


އެމީހުން ވާން ޖެހޭނީ އެމީހުންނަށް އެނގިގެންވީ މި ޚަބަރުފުޅަކީ ތެދު ޚަބަރުފުޅު ކަމުގައި ބަލައިގަނެ އިތުބާރު ގޮތެއްގައި ހިފަހައްޓާ ބަޔަކު ކަމުގައެވެ. އެހެންވީމާ މި ހަރުދަނާ ޢަގީދާ އުނގަންނައި ދިނުމުން އީމާންތެރިންނަށް ހިތްވަރު ލިބި އިދިކޮޅު މީސްތަކުން އިސްލާޙު ވެދެއެވެ.


ތީތުސްއެވެ. ތިބާ އުނގަންނައި ދޭންވާނީ ހަމައެކަނި ހަރުދަނާ ޢަގީދާ ކަމުގައި ވާންޖެހޭނެއެވެ.


ފާޑު ނުކިޔޭނޭ ގޮތަށް ހަރުދަނާ ބަސްތަކުން އުނގަންނައިދޭށެވެ. އެހެން ވެއްޖެނަމަ ތިބާ އާއި ދެބަސްވާނެ ފަރާތްތައް ލަދުވެތިވާނެއެވެ. ސަބަބަކީ އަހަރެމެންނާއި މެދު ކުޑައިމީސް ބަހެއް ބުނުމުގެ ޖާގަ އެމީހުންނަށް ލިބިގެން ނުވާނެތީއެވެ.


އަހަރެމެން މިގަބޫލު ކުރާ ކަމަށް މިބުނާ އެއްޗެއްގައި ނިކަން ބާރަށް ހިފަހައްޓައިގެން އެ އުންމީދު މަތީގައި ތިބެމާ ހިނގާށެވެ. އެހެނީ އަހަރެމެންނަށް މިއުންމީދު ދެއްވަނީ އިތުބާރު ކުރެވޭ ވަފާތެރި ކަލެއް ކަމުންނެވެ.


އެކަމަކު އީސާގެފާނު ހުންނެވީ ދަރިކަލެއްގެ ގޮތުން މާތްރަސްކަލާނގެ މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ވަފާތެރިކަން މަތީގައެވެ. އަހަރެމެންގެ އުންމީދު އެކަލޭގެފާނާމެދުގައި އޮވެ، ކެރުމާއި ޔަޤީންކަން މަތީގައި ތިބިނަމަ މާތްރަސްކަލާނގެ މީހުން ކަމުގައި ވާނީ އަހަރެމެންނެވެ.


އަހަރެމެންނާއެކު މަތިވެރިވެގެންވާ އުއްތަމަ އިމާމެއް އެބަ ހުންނެވިއެވެ. އެކަލޭގެފާނު ވަނީ އުޑަށް އަރާ ވަޑައިގެންފައެވެ. އެއީ އީސާގެފާނެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ. އަހަރެމެން އެކަލޭގެފާނާ މެދު އީމާންވެތިބެ ބުނާ އިގްރާރުގެ ބަސްތަކުގެ މަތީ ސާބިތުވެ ތިބެންވީ އެހެންވީމައެވެ.


މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.


ހަމައެކަނި އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް އައުމާއި ހަމައަށް ސާލިޙުގޮތުގައި ގާއިމުވެ ތިބޭ.


އަހަރެން އަވަހަށް އަންނާނަން. ތިޔަބައިމީހުންނަށް ލިބިފައިވާ ތަކެތީގެ މަތީގައި ގާއިމުވެ ތިބޭ. އޭރުން، ތިޔަބައިމީހުންނަށް ލިބިފައިވާ ތާޖު އެކަކަށް ވެސް ވަގަކަށް ނުގެންދެވޭނެ.


ތިޔަބައިމީހުންނަށް އުނގެނި ދަސްވި ތަކެއްޗާއި އަޑު އިވުނު ތަކެއްޗާއި މެދު ހަނދާން ކުރޭ. އަދި އެއަށް ކިޔަމަންތެރިވޭ. ތިޔަބައިމީހުންގެ ފާފަވެރިކަމުން އެއްކިބާވެ ތައުބާވޭ. މި ގޮތަށް ތިޔަބައިމީހުން އަމަލު ނުކުރާނަމަ ވަގެއް ފަދައިން އެނގުމަކާއިނުލައި އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް ދާނަން.


Follow us:

Advertisements


Advertisements