Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ދެވަނަ ސިޓީ 1:12 - ކިތާބުލް މުޤައްދަސާ

12 އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ.

See the chapter Copy




ތިމޮތީއަށް ދެވަނަ ސިޓީ 1:12
58 Cross References  

އަދި އެންމެހާ ޤައުމުތަކުގެ މީސްތަކުން އެމީހުންގެ އުންމީދުތައް ބިނާކުރާނީ އެކަލޭގެފާނުގެ ނަންފުޅުގެ މައްޗަށެވެ.⁠“


”⁠އެހެންނަމަވެސް މި ޙާދިސާތައް ހިނގާނެ ވަގުތާއި ދުވަސް އެއީ އެއްވެސް ފަރާތަކަށް އެނގިގެންވާ ކަންތައްތަކެއް ނޫން. އެއީ އުޑުގައިވާ މަލާއިކަތުން ކަމުގައިވިއަސް ނޫނީ ދަރިކަލުން ކަމުގައިވިއަސް. ހަމައެކަނި މިކަންތައްތައް ދެނެވޮޑިގެންވަނީ މަތިވެރި ބައްޕާފުޅު.


ޤިޔާމަތް ދުވަހުގައި ގިނަބަޔަކު އަހަރެން ގާތު ބުނާނެ، ’⁠މާތްސާހިބާ، މާތްސާހިބާ، ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން ޣައިބު ބަސްތައް ނީއްވަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން މީހުންގެ ހަށިގަނޑުން ޖިންނިތައް ބޭރު ނުކުރަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ގިނަގުނަ މުޢުޖިޒާތްތައް ތިމަންމެން ނުދައްކަމުތޯ އޭ.⁠‘


އަހަރެން ބުނަން ތަ؟ ޤިޔާމަތް ދުވަހުން މިރަށުގެ މީހުންނަށް ޖެހޭނެ އާފާތަކީ އެދުވަހު ސަދޫމުގެ މީހުންނަށް ޖެހޭނެ އާފާތަށް ވުރެ ވެސް މާބޮޑު އާފާތަކަށް ވާނެކަން ކަށަވަރު.⁠“


”⁠ބައްޕާ! އަހަރެންގެ ފުރާނަ ބައްޕައާއި ހަވާލު ކުރަން.⁠“ މިހެން ވިދާޅުވި ހިނދު އެކަލޭގެފާނުގެ ފުރާނަފުޅު އެކަލޭގެފާނުގެ ހަށިކޮޅާއި ވަކިވެއްޖެއެވެ.


އަޅުގަނޑު މިއެދެނީ އެމީހުން މިދުނިޔެއިން ގެންދެވުމަކަށް ނޫން. އެމީހުން ދުނިޔޭގައި ތިބި ނަމަވެސް ނުބައި ބާރު ކަމުގައިވާ ޝައިތާނާގެ ބާރުން އެމީހުން ސަލާމަތްކޮށް ބަލަހައްޓަވާ ދެއްވުން އެދި.


އަހަރެން ފޮނުއްވެވީ ބައްޕާފުޅު. އަހަރެންގެ ގާތަށް އާދެވޭނީ ބައްޕާފުޅު އަހަރެންގެ ގާތަށް ގެނެސްދެއްވި މީހަކަށް. އަދި އެންމެ ފަހުދުވަހު އަހަރެން އެމީހަކު އަލުން ދިރުއްވާނަން.


ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.


ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ.


ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”⁠ކަލޭމެން ތިޔަ ހެން ރޮއެ އަހަރެންގެ ހިތްހަލާކު ތިޔަ ކުރަނީ ކީއްވެ؟ މާތް ސާހިބު އީސާގެފާނަށްޓަކައި އަހަރެން ޖެރޫސަލަމުގެ ޖަލަށް ދިއުމަށް، އަދި ކީއް ކުރަން، އެކަލޭގެފާނަށްޓަކައި ފުރާނަ ދިނުމަށް ވެސް އަހަރެން މިހިރީ ތައްޔާރަށް.⁠“


އެމީހުން އިސްތިފާނު މަރާލުމަށް އޭނާގެ ގައިގައި ހިލަތަކުން ތަޅަމުން ދިޔަ ވަގުތު އިސްތިފާނު ދުޢާ ކުރިއެވެ. ”⁠މާތްސާހިބާ އީސާގެފާނު. މި އަޅާގެ ފުރާނައާއި ހަވާލުވޭ.⁠“


ތިމަން ކަލޭގެފާނަށް އީމާންވުމުގެ ސަބަބުން އޭނާއަށް ލިބޭނެ އަނިޔާ ތިމަންކަލޭގެފާނު އޭނާއަށް އަންގައިދޭނަން.⁠“


ޙަޤީޤަތަށް ބުނާނަމަ އަހަރެންގެ ޙަޔާތުގައި ލަދުވެތި ވާން ޖެހޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމުގައި ފުރިހަމަ އުންމީދާއެކު ބަލަބަލައި ހުރީމެވެ. އަހަރެން ދިރިހުރި ކަމުގައިވިޔަސް އަދި މަރުވެ ދިޔަ ނަމަވެސްމެއެވެ. އަބަދުވެސް އަހަރެންނަށް އެދެވެނީ ހިތްވަރާއެކު ކުރީގައި ވެސް ފަދައިން އީސާގެފާނަށްޓަކައި ވުމެވެ. އެއީ އީސާއަލްމަސީޙަށް އަހަރެންގެ ފަރާތުން ގެނެސްދޭނީ ޝަރަފުވެރިކަން ލިބޭނެ ކަމުގެ އިތުބާރާއެކުގައެވެ.


އަހަރެންގެ މަގުސަދަކީ އަލްމަސީޙާ މެދު މިގޮތުން އެނގި ގުޅުމެވެ. އަދި އަލްމަސީޙު އަވަހާރަވެ ވަޑައިގަންނަވާ އަލުން ދިރި ވަޑައިގެންނެވި މަތިވެރި ބާރުފުޅު ތަޖުރިބާ ކުރުމެވެ. އަހަރެން ހިތްއެދެނީ އެކަލޭގެފާނު އުފުއްލެވި ވޭނާއި އަވަހާރަވެ ދިޔަ ފަދައިން އެ ގޮތަށް އަމަލު ކުރުމެވެ.


އަދި ހުރިހާ ކަމެއް އެކަލޭގެފާނުގެ ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ބާރުފުޅުން އެކަލޭގެފާނު އަހަރެމެންގެ މި ބަލިކަށި ހަށިތައް އެކަލޭގެފާނުގެ އުޖާލާ ހަށިކޮޅެކޭ އެއްފަދައިން ހައްދަވައި ދެއްވާނެއެވެ.


އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


ނަމަވެސް އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ތިބީ އަނދިރީގައިމެ ނޫނެވެ. އެހެންވީމާ، ވަގަކު ވަންނަ ފަދައިން މާތްސާހިބާ އެނބުރިވަޑައިގެންނެވިޔަސް އެދުވަހަކުން ތިޔަބައިމީހުން ޙައިރާނެއް ނުވާނެއެވެ.


ތިމޮތީއެވެ. މާތްރަސްކަލާނގެ ހަވާލު ކުރެއްވި ކަންތައް ބެލެހެއްޓުމަށް ތިބާއާއި ހަވާލު ކުރަމެވެ. ކަލާނގެވަންތަކަމާއި ދެކޮޅު، ތާކުންތާކު ނުޖެހޭ މަޝްވަރާތަކާއި އެމީހުންގެ އިލްމޭ އެ ކިޔާ އެއްޗަކާ ތިބާއާ ދެކޮޅު ހުރިހާ ބަޔަކާ އެކަހެރިވާށެވެ.


ސަމާލުކަން ދޭންވީ އަހަރެމެންގެ ކިބައިގައިވާ އެކަލާނގެ މާތްރޫޙުފުޅުގެ އެހީގައި ތިބާ އާއި ޙަވާލު ކުރެވުނު ކަންތައްތައް ފުރިހަމައަށް ރައްކާތެރިކޮށް ބެލެހެއްޓުމެވެ.


މާތްރަސްކަލާނގެ އޮނިސެފޯރަސް އާއި އޭނާގެ އާއިލާއަށް ރަޙުމަތް ލައްވާށިއެވެ. އޭނާ އަހަންނަށް ގިނަގިނައިން ހިތްވަރު ދީ ހެދިއެވެ. އަހަރެން ޖަލުގައި ގައިދުވެފައި ހުރީތީ އެކަމަކާ އޭނާ ލަދެއް ނުގަނެއެވެ.


އަލްމަސީޙު އަނބުރާ ވަޑައިގެންނެވުމުން މާތްރަސްކަލާނގެ އޭނާއަށް ރަޙުމަތް ލައްވާނެތެވެ. އަދި އޭނާ އެފޭސުސްގައި އަހަންނަށް އެހީތެރިވީ ވަރު ތިބާއަށް އެނގޭނެއެވެ.


އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.


އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ.


މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


މިހެންވުމުން އެކަލޭގެފާނަށް، ވަސްވާސްތަކުގެ ދަށުވެފައި މިހާރު ތިބި މީހުންނަށް އެހީފުޅުވެ ވަޑައިގެންނެވޭނެއެވެ. އެހެނީ ޚުދު އެކަލޭގެފާނު ވެސް ވަނީ ވަސްވާސްތަކަށް ހުށަހެޅި، އެކަމުގެ ވޭން އުފުއްލަވަން ޖެހިވަޑައިގެންފައެވެ.


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


އަދި ތިޔަބައިމީހުންނަށް ދިންނެވުން ލިބެންދެން އެކަލާނގެ ތިޔަބައިމީހުން ރައްކާތެރި ކޮށްދެއްވަނީ އެކަލާނގެ ކުޅަދުންވަންތަ ކަމާމެދު ތިޔަބައިމީހުންގެ އޮންނަ އީމާންތެރިކަމުންނެވެ. އެ ދިންނެވުން ތިޔަބައިމީހުން އެންމެންނަށް ފައުޅުވެގެންދާނީ ޤިޔާމަތާއި ހަމައިންނެވެ.


ނަމަވެސް މަސީޙީއެއްގެ ގޮތުގައި ވުމުން ލިބިދޭނެ ވޭނާއި މެދު ލަދުވެތިނުވާށެވެ. ތިޔަބައިމީހުންނަށް މަސީޙީއެއްގެ ގޮތުގައި ވުމަށް ލިބިދިން ޝަރަފަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރާށެވެ.


އެހެންވީމާ، ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންތެރި ކަމާއެކު ވޭން ތަހައްމަލު ކުރާނަމަ ތިޔަބައިމީހުން ވެސް ޚަލްގުކުރެއްވި ވަފާތެރި ކަލާނގެއަށް ފުރިހަމައަށް އީމާންތެރިވެ ހެޔޮއަމަލުތައް ކުރުންމަތީ ދެމިތިބޭން ވާނެއެވެ.


ތިޔަބައިމީހުން ކައްސައިލިޔަނުދީ އެހީތެރިވުމުގެ ކުޅަދާނަކަން ލިބިވޮޑިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ތިޔަބައިމީހުން ކުށެއް ނެތި މާތްކަލާނގެ ޖަލާލަތުވަންތަ ޙަޟްރަތުގައި އުފަލުން ފުރިގެން ވާނެ ގޮތް މެދުވެރި ކުރައްވަނީ އެކަލާނގެއެވެ.


Follow us:

Advertisements


Advertisements