ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:2 - ކިތާބުލް މުޤައްދަސާ2 މާތްސާހިބާ އެނބުރި ވަޑައިގަންނަވައިފި ކަމުގެ ދަޢުވާ ކުރާ މީހަކު ދައްކާ ވާހަކަތައް ގަބޫލު ނުކުރާށެވެ. އެއީ މާތްރޫޙުފުޅުން ލިބުނު ޣައިބުބަސްތަކެއް ނުވަތަ އަހަރެމެން ބުނި ބަހަކުން ނުވަތަ ފޮނުވި ސިޓީއަކުން އެމީހަކަށް ލިބުނު ޚަބަރެއް ކަމުގައި ބުންޏަސްމެއެވެ. ހަމައެހެންމެ އެފަދަ ދޮގު ދަޢުވާތަކާއި މެދުގައި ތިޔަބައިމީހުން އަވަހަށް ކަންބޮޑުވެ ސިހިގެން ނުދިއުމަށް އަހަރެމެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ. See the chapter |