Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 6:3 - ކިތާބުލް މުޤައްދަސާ

3 ދޮގު ފަތުވާގެ އެދުރުން މިކަންތައްތަކާއި މެދު އިންކާރު ކުރާނެއެވެ. އެހެނަސް މި ޚަބަރުތަކަކީ މާތް ސާހިބާ އީސާ އަލްމަސީޙުގެ އުނގަންނަވައި ދެއްވުމެވެ. އަދި އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ޙަޔާތަށް އަހަރެމެން ދިޔުމަށްޓަކާ ފުރިހަމަ ބިންގާ ވެސް އަޅުއްވާ ދެއްވާފައެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 6:3
19 Cross References  

އޯގާވެރި ބަސްތަކަކީ ދިރުންދޭ ގަހެކެވެ. ހީލަތްތެރި ބަސްތަކަކީ ފުރާނައިގެ ހަލާކެވެ.


އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠ކައިސަރުގެ.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރުގެ ތަކެތި ކައިސަރުއަށް ދީ. މާތްރަސްކަލާނގެ ކިބަފުޅަށް މިލްކުވެގެންވީ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށަހަޅާ.⁠“


އެހެންވީމާ، މި އުނގަންނައިދިނުން ތަކާއިމެދު ދެކޮޅުހަދާ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ މީހެކެވެ. އެހެނީ މި އުނގަންނައި ދިނުމަކީ އާދައިގެ އިންސާނީ އުނގަންނައި ދިނުމެއް ނޫނެވެ. އެމީހަކު އެދެކޮޅުވެރި ވެގަންނަނީ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި މާތްރަސްކަލާނގެއާ އެވެ.


މި ޤާނޫނުތައް ހިފެހެއްޓިފައި ވަނީ އިންސާނުންގެ ތެރެއިން ފާޙިޝް އަމަލުތައްކުރާ މީހުންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި އަޅުން ގަނެވިއްކާ ފަރާތްތަކާއި ދޮގުވެރިންނާއި ހުވަޔާ ޚިލާފުވާ ފަރާތްތަކަށެވެ. އަދި ތެދު އުނގަންނައިދިނުންތަކާއި ދެކޮޅުވެރިވާ މިނޫން ވެސް ހުރިހާ ފަރާތްތަކަށެވެ.


އަހަރެން މެސެޑޯނިޔާއަށް ފުރަމުން، އެފޭސުސްގައި ތިބާ މަޑުކޮށް އެތަނުގައި އަންގައިދެމުން ގެންދާ ދޮގު ފަތުވާތައް ހުއްޓުވުމަށް ތިބާގެ ގާތުގައި އެދެވިފައިވާނެއެވެ.


އެކަމަކު ބައެއް އެދުރުން މި މުހިންމު ނުކުތާ އުނި ކުރެއެވެ. އެބައިމީހުން މިކަމުން އެއްކިބާވެތިބެ، އެބައިމީހުންގެ ވަގުތުތައް ދުއްވާލަނީ ތާކުންތާކު ނުޖެހޭ ވާހަކަތައް ދެއްކުމުގައެވެ.


އަހަރެންގެ ފަރާތުން ތިބާއަށް ލިބިގެންދިޔަ ރަނގަޅު ފިލާވަޅުތައް ނަމޫނާގެ ބޭނުން ކުރާށެވެ. އަދި އީމާންތެރިކަމާއެކު ދިރިއުޅުމަށް ހަނދާން ކުރާށެވެ. ހަމަ އެހެންމެ އީސާ އަލްމަސީޙު ތިބާ އާއިމެދު ބަހައްޓާ ލޯތްބާއި އެކުގައިމެއެވެ.


ސައްޙަ ތައުލީމެއްގެ އަޑުއަހަން މީސްތަކުންނަށް ކެތްނުކުރެވޭނެ ފަދަ ދުވަހެއް އަންނާނެއެވެ. އޭގެ ބަދަލުގައި އެމީހުން އަހާހިތްވާނީ އެމީހުންގެ ކަންފަތްތަކުގެ ކެހުން ފިލާފަލަ ބަސްތަކެވެ. އެމީހުން ހިތް އެދޭ އެފަދަ ބަސްތައް ބުނާ އެދުރުން ވަށާލެވޭތޯ އެމީހުން ބަލާނެއެވެ.


މާތްރަސްކަލާނގެ ޚާދިމު އަދި އީސާ އަލްމަސީޙުގެ މަންދޫބު ޕައުލް ލިޔަމެވެ. މާތްރަސްކަލާނގެ އަހަރެން ފޮނުއްވީ އީމާންތެރިކަމުގައިވެ އެކަލާނގެ ހޮއްވަވާފައިވީ ފަރާތްތަކަށް ހިތްވަރު ދީ އީމާންތެރިކަން އިތުރުކޮށް އެކަލާނގެ މަގުގައި އުޅޭނޭ ޙަޤީޤަތުގެ އިލްމު އުގަންނައި ދިނުމަށެވެ.


އެމީހުން ވާން ޖެހޭނީ އެމީހުންނަށް އެނގިގެންވީ މި ޚަބަރުފުޅަކީ ތެދު ޚަބަރުފުޅު ކަމުގައި ބަލައިގަނެ އިތުބާރު ގޮތެއްގައި ހިފަހައްޓާ ބަޔަކު ކަމުގައެވެ. އެހެންވީމާ މި ހަރުދަނާ ޢަގީދާ އުނގަންނައި ދިނުމުން އީމާންތެރިންނަށް ހިތްވަރު ލިބި އިދިކޮޅު މީސްތަކުން އިސްލާޙު ވެދެއެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.


Follow us:

Advertisements


Advertisements