Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 5:5 - ކިތާބުލް މުޤައްދަސާ

5 އެހީތެރިވާނޭ ފަރާތެއް ނެތް އެކަނިވެރި ހުވަފަތް އަންހެނުން އެކަނބަލުންގެ ހުރިހާ އުންމީދުތަކެއް މާތްރަސްކަލާނގެއަށް ރައްދުކޮށް ރޭގަނޑާއި ދުވާލު އެކަލާނގެ މަދަދަށް އެދި ދަންނަވައެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 5:5
27 Cross References  

ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. އެއީ އެމީހުންނަށް ހިތްވަރު ދެރަ ނުކޮށް އަބަދުވެސް ދުޢާކުރަން ޖެހޭނެ ކަން އަންގައި ދެއްވުމަށެވެ.


މި ފަނޑިޔާރުފަދަ މީހަކު ވެސް އެންމެ ފަހުން އިންސާފުން ކަންތައްކުރިއިރު ދެން މާތްރަސްކަލާނގެ އެކަލާނގެ ހޮއްވަވާ ޚާއްސަ ކުރެއްވި އެކަލާނގެ ކިބަފުޅަށް ދުވާލާއި ރޭގަނޑު އާދޭހާއި އެކު ރޮއި ހަދާ މީހުންނާއި ދޭތެރޭ އިންސާފުން ކަންތައް ނުކޮށް ހުންނާނެތަ؟ އެމީހުން އެދޭ ކަމެއް އެކަލާނގެ ކޮށް ނުދެއްވާ ހުންނާނެ ތަ؟


އޭނާގެ ފިރިމީހާ މަރުވިއެވެ. މިހާރު އޭނާގެ އުމުރަކީ އަށްޑިހަ ހަތަރު އަހަރެވެ. އޭނާގެ ފިރިމީހާ މަރުވީއްސުރެ ހުވަފަތް އަންހެނެއްގެ ގޮތުގައި އޭނާ ހުއްޓެވެ. އޭނާ ރެއާއި ދުވާލު ހޭދަކުރަނީ ބައިތުލް މަޤްދިސްގައި ދުޢާކޮށް ރޯދަހިފާ އަޅުކަން ކުރުން މަތީގައެވެ.


ބަނީއިސްރާއީލު މީހުންގެ ބާރަ ގަބީލާގެ ދަރިކޮޅުގެ މީހުން ރެއާއި ދުވާލު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރަމުން ދަނީ ހަމަ މިބުނި ވަޢުދުފުޅު ފުރިހަމަވެ ނިމޭނެ ދުވަހެއްގެ އުންމީދުގަ. އިއްޒަތްތެރި އަގިރިފާ ރަސްގެފާނު، ނަމަވެސް މިއަދު އަޅުގަނޑު ޝަރީޢަތުގެ ކުރިމައްޗަށް ގެނެވިފައި މި ވަނީ އަޅުގަނޑު ވެސް ހަމަ އެ ވަޢުދުފުޅު ފުރިހަމަ ވުމަށް އުންމީދުކޮށް ގަބޫލު ކުރާތީ.


އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.


ޕަތަރަސްއަށް މިޚަބަރު ލިބުމާއި އެކު އެމީހުންނާއި އެކު ޖައްފާއަށް ދިއުމަށް ދަތުރު ފެށިއެވެ. ޕަތަރަސް އައުމާއި އެކު އެމީހުން އޭނާ ތަބިތާގެ ގަބުރު ބޭއްވިފައިވާ ކޮޓަރިއަށް ގެންދިޔައެވެ. އެކޮޓަރީގައި ފިރިމަރުވެފައިވާ އެތައް ބައިވަރު ހުވަފަތް އަންހެނުންނެއް ރޮއި ހިތާމަކުރަމުން ދިޔައެވެ. އެމީހުން ޕަތަރަސްއަށް ތަބިތާ އެމީހުންނަށް ފަހާދީފާވީ އަންނައުނުތައް ދެއްކިއެވެ.


ދެން ޕަތަރަސް އޭނާގެ އަތުގައި ހިފާ އޭނާ ކޮޅަށް ތެދުވުމަށް އެހީވިއެވެ. ދެން ހުރިހާ ފިރި މަރުވެފައިވީ އަންހެނުންނާއި އެހެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް އެ ކޮޓަރިއަށް އައުމަށް ބުންޏެވެ. އަދި އެމީހުންނަށް ތަބިތާ މަރުވުމަށް ފަހުން އަލުން ދިރިގެންވާ ތަން ދެއްކިއެވެ.


ކޮންމެ ވަގުތެއްގައްޔާއި އަދި ކޮންމެ މުނާސަބަތެއްގައިމެ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ދުޢާ ކުރާށެވެ. އަދި އެންމެހާ މަސީޙީންނަށް ދުޢާ ކުރުމުގައި ދެމިތިބޭށެވެ. ތިޔަބައިމީހުން ދުޢާކުރާ ހިނދު ސަމާލުވާށެވެ.


ކަންތައްތަކާއިމެދުގައި ކަންބޮޑު ނުވާށެވެ. އަދި ކޮންމެ ކަމަކަށް އެދި ޝުކުރުވެރިކަމާއެކު މާތްރަސްކަލާނގެއަށް ދަންނަވާށެވެ.


ފުރަތަމައިނުން ވެސް އަހަރެން ތިޔަބައިމީހުންނަށް ބާރުއަޅަނީ އެ އެންމެންނަށްޓަކައި ދުޢާ ދަންނަވައި އެކަމަށް އެދި އެމީހުންނަށްޓަކައި އާދޭސްދެންނެވުމުގައި މެދުވެރިވެދީ އެކަލާނގެއަށް ޝުކުރު ދަންނަވައި ދިނުމެވެ.


އަދި މަސީޙީންގެ އަންހެނަކަށް ގާތްތިމާގެ ކަމުގެ ގޮތުން ހުވަފަތް އަންހެނަކު ލިބިފައިވާނަމަ، މަސީޙީ ޖަމާޢަތުން ޒިންމާ އުފުލުމުގެ ބަދަލުގައި އެފަދަ މީހަކާއި މެދު ތިމާ ފުރިހަމައަށް ޒިންމާ ވާށެވެ. އޭރުން އަޅާލާނޭ އެއްވެސް ފަރާތެއް ނެތް މިފަދަ އެކަނިވެރި އަންހެނުންނަށް މަސީޙީ ޖަމާޢަތުން އެހީތެރި ވެވޭނެއެވެ.


އެކަނިވެރިކަން ޙިއްސާކުރާ ހުވަފަތް އަންހެނުންނާއިމެދު މަސީޙީ ޖަމާޢަތުން އިޙްތިރާމްކޮށް އަޅާލައި އިނާޔަތް ދޭންވާނެއެވެ.


ތިމޮތީއެވެ. ތިބާއަށްޓަކައި އަހަރެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވަމެވެ. އެކަލާނގެއީ އަހަރެމެންގެ ކާބަފައިން ފަދައިން އަހަރެންގެ ޒަމީރުގެ ސާފުކަމާއެކު އަހަރެން ޚިދުމަތްކުރާ އަހަރެންގެ ކަލާނގެއެވެ. ރޭގަނޑާއި ދުވާލު އަހަރެންގެ ދުޢާތަކުގައި ތިބާގެ މަތިން އަބަދާއިއަބަދު ހަނދުމަ ކުރެވެއެވެ.


މާޒީގައި މާތްވެގެންވީ އަންހެނުންގެ ރީތިކަން ފުރިހަމަ ކުރެވިގެންވީ އެގޮތުގެ މަތިންނެވެ. އެކަނބަލުން މާތްރަސްކަލާނގެ އާއިމެދު އިތުބާރުކޮށް އެކަނބަލުންގެ ފިރިންނަށް ބޯލެނބިއެވެ.


އިސްރާއީލުގެ ވެރި މާތްރަސްކަލާނގެ ކަލޭ ތިކުރި ހެޔޮކަންތަކުގެ ބަދަލު ކަލެއަށް ދެއްވުމަށް އެދި އަހަރެން ދުޢާ ކުރަން. އަދި ކަލޭ އެކަލާނގެ ރަސްކަންފުޅުން ރައްކާތެރިކަމަށް އެދި އައީމު. ވީމާ އެކަލާނގެ ކަލެއަށް ހެޔޮކޮށް ކަންތައް ހިންމެވުމަށް އެދި ވެސް އަހަރެން ދުޢާ ކުރަން.⁠“


Follow us:

Advertisements


Advertisements