Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 5:4 - ކިތާބުލް މުޤައްދަސާ

4 އެހެނަސް މިފަދަ އަންހެނުންގެ ދަރިންނާއި މާމަ ދަރިން ތިބި ކަމުގައިވާނަމަ އެކުދިންގެ ފުރަތަމަ ޒިންމާއަކަށް ވާންޖެހޭނީ ދީނީ މަސްއޫލިއްޔަތު އުފުލުމުގެ އިތުރުން އާއިލާ ބަލަހައްޓައި އެމީހުންނަށް ދޭންޖެހޭ އަގު އަދާކުރުމެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތްރަސްކަލާނގެ އެންމެ އެދެވޮޑިގެންވާ ގޮތްމެއެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 5:4
18 Cross References  

ހަމައެހެންމެ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނާއި އަދި އެކަލޭގެފާނުގެ އަޚުންނަށާއި އަދި އެބައިމީހުންނާއި އެކުގައި ވީ ހުރިހާ އެންމެންނަށް ބޭނުންވާނޭ ކާބޯތަކެތި ވެސް ދެއްވިއެވެ.


ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެންނެވިފަހުން ސަތާރަ އަހަރު ދުނިޔޭގައި ހުންނެވުމަށް ފަހު، އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން 147 އަހަރުގައެވެ.


އޭނާގެ ދަރިން އޭނާއަށް ބަރަކާތަށް އެދޭނެއެވެ. ފިރިމީހާ އޭނާއަށް މިހެން ތާރީފު ކުރާނެއެވެ.


ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.


މިގޮތުގެ މަތިން ދެންނެވުމުން އަހަރެމެން ދިންނަވާ ފަރާތްކަމުގައިވާ މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިދޭނެއެވެ.


އަދި މަސީޙީންގެ އަންހެނަކަށް ގާތްތިމާގެ ކަމުގެ ގޮތުން ހުވަފަތް އަންހެނަކު ލިބިފައިވާނަމަ، މަސީޙީ ޖަމާޢަތުން ޒިންމާ އުފުލުމުގެ ބަދަލުގައި އެފަދަ މީހަކާއި މެދު ތިމާ ފުރިހަމައަށް ޒިންމާ ވާށެވެ. އޭރުން އަޅާލާނޭ އެއްވެސް ފަރާތެއް ނެތް މިފަދަ އެކަނިވެރި އަންހެނުންނަށް މަސީޙީ ޖަމާޢަތުން އެހީތެރި ވެވޭނެއެވެ.


މިފަދަ މީހުން މާއްދީ ފައިދާއަށްޓަކައި ބުނެދޭ ނުބައި ބުނުންތަކުން މުޅި އާއިލާ ތެދުމަގުން އެއްކިބާ ކުރުވައެވެ. މިފަދަ މީހުން ހުއްޓުވަން ޖެހެއެވެ.


ރާޢޫތު މިގޮވާން ގެއަށް ގެންގޮސް އޭނާ މިއަދު ކުރި މަސައްކަތުން އެއްކުރިހާ ގޮވާން ނުޢުމީއަށް ދެއްކިއެވެ. އަދި މެންދުރުގެ ކެއުމުން ބާކީވި ކާތަކެތި ވެސް ނުޢުމީއަށް ދިނެވެ.


އެއްދުވަހަކު ރާޢޫތު ނުޢުމީއަށް ބުންޏެވެ. ”⁠އަޅުގަނޑު މިދަނީ ގޮވާން އެއްކުރުމަށް ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނަށް ނުނެގި އުކާލެވިފައި ހުންނަ ގޮވާން ހޮވުމުގެ ހުއްދަ ދޭނޭ ދަނޑުވެރިޔަކު ފެނޭތޯ.⁠“ ނުޢުމީ ބުންޏެވެ. ”⁠އެންމެ ރަނގަޅު. ދޭ، މަގޭ ދަރިފުޅާ.⁠“


Follow us:

Advertisements


Advertisements