Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 5:2 - ކިތާބުލް މުޤައްދަސާ

2 ދުވަސްވީ އަންހެނުންނާއިމެދު ތިބާގެ މަންމަ އާއި މެދު އަމަލުކުރާ ފަދައިން ކަންތައް ކުރާށެވެ. އަދި ޅަ ޒުވާން އަންހެން ކުއްޖެއްނަމަ ހިތުގެ އެދުންވެރިކަމެއް ނެތި ތިބާގެ އުޚުތަކާއިމެދު އަމަލުތައް ބަހައްޓާ އުސޫލުން ކަންތައް ކުރާށެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 5:2
8 Cross References  

އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ. ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޮބުވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ.


އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.


އެއްވެސް ޙާލަތެއްގައި ތިބާގެ އުމުރުގެ ހަގުކަމާއެކު، މީސްތަކުން ތިބާގެ ހައިސިއްޔަތާމެދު ފަރުވާކުޑަކުރުމުގެ ފުރުސަތު ނުދޭށެވެ. ތިބާގެ އުނގަންނައި ދިނުމާއި ލޯތްބާއި އީމާންތެރިކަމާ ސާދާ ދިރި އުޅުމުން އީމާންވީ ފަރާތްތަކަށް ނަމުނާއެއް ކަމުގައި ވާށެވެ.


އުމުރުން ދުވަސްވީ އެއްވެސް ފިރިހެނަކާއި ހަރުކަށި ގޮތެއްގައި މުޚާތަބު ނުކުރާށެވެ. އޭގެ ބަދަލުގައި އެމީހަކަށް އިޙުތިރާމުކޮށް އިލްތިމާސް ކުރާށެވެ. އެއީ ތިބާގެ ބައްޕަ އާއި މުޚާތަބުކުރާ ފަދައިންނެވެ. އުމުރުން ހަގު ފިރިހެންކުދިންނާއި މުޚާތަބު ކުރާހިނދު އަޙުވަންތަ ކަމާއެކު މުޚާތަބު ކުރާށެވެ.


އެކަނިވެރިކަން ޙިއްސާކުރާ ހުވަފަތް އަންހެނުންނާއިމެދު މަސީޙީ ޖަމާޢަތުން އިޙްތިރާމްކޮށް އަޅާލައި އިނާޔަތް ދޭންވާނެއެވެ.


ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.


Follow us:

Advertisements


Advertisements