Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 5:16 - ކިތާބުލް މުޤައްދަސާ

16 އަދި މަސީޙީންގެ އަންހެނަކަށް ގާތްތިމާގެ ކަމުގެ ގޮތުން ހުވަފަތް އަންހެނަކު ލިބިފައިވާނަމަ، މަސީޙީ ޖަމާޢަތުން ޒިންމާ އުފުލުމުގެ ބަދަލުގައި އެފަދަ މީހަކާއި މެދު ތިމާ ފުރިހަމައަށް ޒިންމާ ވާށެވެ. އޭރުން އަޅާލާނޭ އެއްވެސް ފަރާތެއް ނެތް މިފަދަ އެކަނިވެރި އަންހެނުންނަށް މަސީޙީ ޖަމާޢަތުން އެހީތެރި ވެވޭނެއެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 5:16
4 Cross References  

ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


ހަމަ މިފަދައިން ގާތްތިމާގެ މީހުންނަށް އަޅާލުން ނުބަހައްޓާ ފަރާތްތަކާއި އަމިއްލަ އާއިލާއާއި މެދު އަޅާލުމަށް އިންކާރުކުރާ ފަރާތްތައްވަނީ އީމާންތެރިކަމުން އެއްކިބާވެ ކަލާނގެވަންތަކަން ގަބޫލު ނުކުރާ ފަރާތްތަކަށް ވުރެން ވެސް ނުބައިވެގެންވީ ޙާލަތެއްގައެވެ.


މިފަދައިން ހުވަފަތް އަންހެނުންގެ ތެރެއިން ހިމަނަން ޖެހޭނީ އެމީހެއްގެ އުމުރުން ފަސްދޮޅަސް އަހަރަށް ވުރެން ދުވަސްވީ އަދި ކައިވެނީގައި ވަފާތެރިކަމާއެކުގައި ދެމިތިބި އަންހެނުންނެވެ.


Follow us:

Advertisements


Advertisements