Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 5:14 - ކިތާބުލް މުޤައްދަސާ

14 އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 5:14
19 Cross References  

އިބްރާހީމްގެފާނު އަވަސްގޮތަކަށް ފޭލިގެ ތެރެއަށް ވަޑައިގަންނަވައި ސާރާއަށް ގޮވާ ލެއްވިއެވެ. ”⁠އަވަސްކުރޭ! ތިބާގެ ފުށްބަސްތާތަކުން އެންމެ މޮޅު ފުށުގެ ދެތިން ޑަބިޔާ ނަގައި ރޮށި ފިހޭ.⁠“


ފަރިއްކޮޅުން ނިމިވަޑައިގެން އެބޭކަލުން އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އަނބިކަނބަލުން ސާރާ ކޮބައިތޯ؟⁠“ އިބްރާހީމްގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠އެކަނބަލުން ފޭލިގޭގައި އެބަ އިންނެވި.⁠“


އެކަމަކު ކަލޭގެފާނު ކުރެއްވި ކަންތަކުގެ ސަބަބުން މާތްރަސްކަލާނގެ އަދާވާތްތެރިންގެ ކުރިމަތީގައި އެކަލާނގެ ނަންފުޅު ކިލަނބު ވެއްޖެ. އެހެންކަމުން ކަލޭގެފާނަށް ތިޔަ ލިބިވަޑައިގެންނެވި ދަރިކަލުންނެއް އެކަލާނގެ ދިރިއެއް ނުބަހައްޓަވާނެ.⁠“


ބުއްދިވެރި އަންހެނާ އޭނާގެ ގެ އާބާދު ކުރެއެވެ. މޮޔަ އަންހެނާ ގެ ބަރުބާދު ކުރެއެވެ.


އެހެންވީމާ، އަހަރެން އެދެނީ އެންމެހާ ފިރިހެނުން ދުޢާ ކުރާ ހިނދު މަޑުމައިތިރިވެ އަތްތައް މައްޗަށް އުފުލައިގެން ރުޅިވެރިކަމާއި އަރާރުން އެއްކިބާވެތިބެ، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމަށެވެ.


އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ.


ޅަ ޒުވާން ހުވަފަތް އަންހެން ކުދިން މިފަދައިން ހިމެނިގެން ނުވާނެއެވެ. ސަބަބަކީ އީސާ އަލްމަސީޙާއި މެދު އެކުދިންގެ ހިތުގައިވާ އީމާންތެރި ގުޅުމުގެ މައްޗަށް އެކުދިންގެ ޖިސްމާނީ އެދުންވެރިކަމުގެ ބާރު ފޯރާ އަދި އެހެން ކައިވެންޏަކަށް އެދެވޭ ކަމެވެ.


އަޅު ނޯކަރެއްގެ ގޮތުގައި މަސީޙީންގެ ތެރެއިން މީހަކު ވެއްޖެނަމަ އޭނާގެ ސާހިބު މީހާއަށް އިޙުތިރާމާއި ޤަދަރު ކުރުމާއެކު އަބަދުވެސް ކިޔަމަންތެރިކަން އަދާކުރާށެވެ. މިމަގުން ކަންތައް ކޮށްފިނަމަ މާތްރަސްކަލާނގެ އާއި ބެހޭގޮތުންނާއި އަހަރެމެންގެ މިއުނގަންނައިދިނުމާއި މެދު މީސްތަކުންނަށް ބަދުނާމެއް ނުކުރެވޭނެއެވެ.


ޒުވާން ކޮންމެ އަންހެން ކުއްޖަކީ ހެޔޮ ވިސްނޭ ހިތުގެ ޚާލިސް ކަމުގެ އިތުރުން ގެވެހި އަދި ފިރިމީހާއަށް އިސްކަންދޭ އޯގާތެރި އަނތްބަކު ކަމުގައި ވުމަށް ބުނެދޭން ވާނެއެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ ބަސްފުޅާއިމެދު އެއްވެސް މީހަކަށް މަލާމާތް ރައްދު ކުރެވޭކަށް ނޯންނާނެއެވެ.


ފާޑު ނުކިޔޭނޭ ގޮތަށް ހަރުދަނާ ބަސްތަކުން އުނގަންނައިދޭށެވެ. އެހެން ވެއްޖެނަމަ ތިބާ އާއި ދެބަސްވާނެ ފަރާތްތައް ލަދުވެތިވާނެއެވެ. ސަބަބަކީ އަހަރެމެންނާއި މެދު ކުޑައިމީސް ބަހެއް ބުނުމުގެ ޖާގަ އެމީހުންނަށް ލިބިގެން ނުވާނެތީއެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


Follow us:

Advertisements


Advertisements