Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 5:13 - ކިތާބުލް މުޤައްދަސާ

13 މީގެ އިތުރުން މިފަދަ ކުދިންގެ ކަންނެތްކަމާއި އެއްގެއިން އަނެއް ގެއަށް ވާހަކަ އުފުލުމުގައި ވަގުތު ދުއްވާލެވެއެވެ. އަދި އަނެކުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެކުދިންނާ ނުބެހުނަސް ބެހި ބަސްބުނެ ހަދައެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 5:13
14 Cross References  

އަނގަބޮޑުމީހާ ނުބުނާނެ ވާހަކައެއް ނުހުންނާނެއެވެ. އެކަމަކު އިތުބާރު ހުރި މީހާ އެކައްޗެއް ވެސް ބޭޒާރެއް ނުކުރާނެއެވެ.


ދެބަކުޓުވާ މީހާ ސިއްރު ބުނަމުން ހިނގާނެއެވެ. އެފަދަ މީހުންނާ ގުޅުން ނުބާއްވާށެވެ.


ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ.


މީނާއަކީ އަޑުގަދަ ލަދުކުޑަ އަދި މުޅި މަގުމަތީގައި ގިނަވެގެން އުޅޭ އަންހެނެކެވެ.


އެގޭގެ މީހުން ކަލޭމެންނަށް ދިން އެއްޗެއް ކައިގެން ބޮއިގެން އެގޭގައި ކަލޭމެން ތިބޭތި. އެއީ މަސައްކަތްތެރިންނަށް އެމީހުންގެ މަސައްކަތުގެ އަގު ލިބުން ޙައްޤުވޭ. އެއް ގެއިން އަނެއް ގެއަށް ބަދަލުވެ ނަހަދާތި.


އަދި ކަލޭމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން، އަހަރެން ދުވަހަކު ވެސް އެންމެންގެ ކުރިމަތީގައި ވިޔަސް އަދި މީސްމީހުންގެ ގޭގައި ނަމަވެސް އީސާގެފާނާއި ބެހޭ ތެދު ޚަބަރުތައް ސީދަލަށް ކިޔާދީ އަންގައިދިނުމަކަށް ދުވަހަކު ވެސް ފަހެއް ނުޖެހެން.


އަދި ކަލޭމެންގެ ތެރެއިން ވެސް ބަޔެއް މީހުން އެމީހެއްގެ ކޮޅަށް މީސްތަކުން އެނބުރުވުމަށްޓަކައި މާތްރަސްކަލާނގެ އެންގެވި ތެދު ޚަބަރުފުޅުތައް އޮޅުވާލާނެ.


މިހެން ވެއްޖެނަމަ އެކުދިންނަށް ކުރިން ވެވުނު ވަޢުދު އުވާލެވި ކުށްވެރިވެވުނުކަން ހިތައް ވަދެއެވެ.


މިފަދަ މީހުން މާއްދީ ފައިދާއަށްޓަކައި ބުނެދޭ ނުބައި ބުނުންތަކުން މުޅި އާއިލާ ތެދުމަގުން އެއްކިބާ ކުރުވައެވެ. މިފަދަ މީހުން ހުއްޓުވަން ޖެހެއެވެ.


ޙަމްދު ތަޢުރީފުގެ ބަސްތަކާއި ބަދު ދުޢާތަކުގެ ބަސްތައް ބުނަމުން ގެންދަނީ އެއް ދުލަކުންނެވެ. އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! މިފަދައިން އަހަރެމެން އަމަލުކުރުމަކީ ހަމަ ޔަޤީނުން ވެސް ހެޔޮވާވަރުގެ ކަމެއް ނޫނެވެ!


މީހުންމެރުމާއި، ވައްކަންކުރުމާއި، އުނދަގޫކުރުމުގެ އިތުރުން އެހެނިހެން މީސްތަކުންނާއި މެދު ޖާސޫސު ކުރުމުގައި ތިޔަބައިމީހުން ވޭން ނުއުފުލާށެވެ.


އެހެންކަމުން އަހަރެން ދާ ފަހަރަކުން ދިއޯތްރިފިސް ކުރިކަންތައް މަސީޙީ ޖަމާޢަތުގެ ސަމާލުކަމަށް ގެނުވާނަމެވެ. އޭނާ ވަނީ އަހަރެމެން ބަދުނާމުކޮށް އެތަކެއް ނޭދެވޭ ވާހަކަތަކެއް ދައްކާފައެވެ. އޭގެއިތުރުން ދަތުރުކުރަމުން އައި އެދުރުންތަކެއް ބަލައިނުގަނެ މަސީޙީ ޖަމާޢަތުން އެމީހުންނަށް އެހީއެއް ވެސް ވިޔަ ނުދީ ހުއްޓުވިއެވެ. އަދި އެމީހުންނަށް އެހީތެރިވާ ބަޔަކު ނަމަ އެޖަމާޢަތުން ބޭރު ވެސް ކުރިއެވެ.


Follow us:

Advertisements


Advertisements