ތިމޮތީއަށް ފުރަތަމަ ސިޓީ 5:1 - ކިތާބުލް މުޤައްދަސާ1 އުމުރުން ދުވަސްވީ އެއްވެސް ފިރިހެނަކާއި ހަރުކަށި ގޮތެއްގައި މުޚާތަބު ނުކުރާށެވެ. އޭގެ ބަދަލުގައި އެމީހަކަށް އިޙުތިރާމުކޮށް އިލްތިމާސް ކުރާށެވެ. އެއީ ތިބާގެ ބައްޕަ އާއި މުޚާތަބުކުރާ ފަދައިންނެވެ. އުމުރުން ހަގު ފިރިހެންކުދިންނާއި މުޚާތަބު ކުރާހިނދު އަޙުވަންތަ ކަމާއެކު މުޚާތަބު ކުރާށެވެ. See the chapter |
އެމީހުންނަށް ޖެރޫސަލަމަށް އާދެވުމުން އީސާގެފާނުގެ މަންދޫބުންނާ، އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑުންނާ، އަދި އެ ޖަމާޢަތުގެ އެންމެން އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންކުރިއެވެ. އަދި އެމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެމީހުން މެދުވެރިކޮށް ކުރެއްވި ހުރިހާ ކަމެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނެވެ.
ނަމަވެސް މާތްރަސްކަލާނގެ ދެއްވާ ޙިކުމަތްތެރިކަން ލިބިގެންވާ ފަރާތްތައް ވާނީ ހެޔޮ ގޮތުގައި ތާހިރުވެގެންނެވެ. އެބައިމީހުން އަނެކުންނާއެކު ސުލްޙަވެރިކަން މަތީ ޙަޔާތު ވޭތުކުރެއެވެ. އެބައިމީހުންނީ ހިތްތިރި ބައެކެވެ. ކެތްތެރި ކަމުގައިވެ އަނެކުންގެ ވާހަކަތައް އެހުމުގައިވެއެވެ. އެބައިމީހުންނީ އޯގާތެރި ކަމާއި އެހީތެރިކަމުގައިވާ ބައެއް ވެސްމެއެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކަށް އެބައިމީހުން އިސްކަމެއް ނުދެއެވެ. އެބައިމީހުންނީ ދެފުށް ދެގޮތް ބައެއް ވެސް ނުމެނޫންމެއެވެ.
ކަލޭމެންގެ ތެރެއިން މީހަކު ބަލިޙާލަތުގައި ވާނަމަ ޖަމާޢަތުގެ ބޮޑުންގެ ކިބައިން އޭނާގެ ކައިރިއަށް އައުމަށް އެދި އޭނާގެ ބަލި ޙާލަތާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކޮށްދިނުމަށް އެދޭށެވެ. އަދި މާތްސާހިބާގެ ނަންފުޅުން ބަލި ޙާލަތުގައިވާ މީހާގެ ހަށިގަނޑުގައި ޒައިތޫނި ތެޔޮ އުނގުޅައި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅައި ދިނުމަށް އެދޭށެވެ.
އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.