ތިމޮތީއަށް ފުރަތަމަ ސިޓީ 4:6 - ކިތާބުލް މުޤައްދަސާ6 ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ. See the chapter |
އިތުރަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ވީމާ މާތްރަސްކަލާނގެ ރަސްކަންފުޅުގައިވާ މި ތަކެއްޗަށް އީމާންވާ ދީނުގެ ކޮންމެ ދަންނަބޭކަލަކު ވާންޖެހޭނީ ގަދީމީ އަދި އާ ޚަޒާނާތައް ގުދަން ކޮށްފައިވާ ޢިމާރާތެއްގެ ވެރިފަރާތެއް ފަދައިން. އަދި ގަދީމީ ޚަޒާނާތަކާއި އަދި އާ ޚަޒާނާތައް މީސްތަކުންގެ ކުރިމައްޗަށް ނެރެ ދެއްކޭފަދަ މީހެއް ކަމުގައި.“
އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.‘“
އެހެނީ އެފަދަ މީހުންނަކީ އީސާގެފާނާ ގުޅިފައިވާ ބަޔެއް ނޫނެވެ. އެކަލޭގެފާނަކީ ޖަމާޢަތުގެ އިސް ވެރިޔާ ކަމުގައި ވީ އިރު ވެސް މެއެވެ. އެކަލޭގެފާނަކީ ހަށިގަނޑު ގެ ބޮލެވެ. އެހެންކަމުން ހަށިގަނޑު ވާނީ އެކަލޭގެފާނުގެ އިޚުތިޔާރުގެ ދަށުގައެވެ. ހުރިހާ ހުޅުހުޅުތަކާއި ގުނަވަންތައް އެކަލޭގެފާނާ ގުޅިފައިވުމުން މާތްކަލާނގެ އިރާދަފުޅާ އެކުގައި އެ ހަށިގަނޑު ހެދިބޮޑުވަމުން ދެއެވެ.
އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ.
ތިމޮތީއެވެ. އަހަރެން އުނގަންނައިދިން ތަކެތި ތިބާއަށް އެނގި އެތަކެތި ބަލައިގެން ކުރިޔަށްދިއުން އެދެމެވެ. އަދި އަހަރެން ދިރި އުޅެނީ ކިހިނަކުންކަމާއި އަހަރެންގެ ޙަޔާތުގެ މަގުސަދަކީ ކޮބައިކަމާއި އަހަރެންގެ އީމާންތެރިކަން ހުރި މިންވަރުގެ އިތުރުން ވޭންދެނިވި ގޮތުގައި އަހަރެން ކެތްތެރިކަމާއެކު ވޭތުކުރީ ކިހާ ދުވަހެއްކަން ވެސް ތިބާއަށް އެނގޭނެއެވެ. އަހަރެންގެ ހިތުގައިވާ ލޯތްބާއި މި މަސައްކަތުގައި އަހަރެން ކުރިއަށްދާ ގޮތް ވެސް ތިބާއަށް އެނގޭނެއެވެ.
އަލްމަސީޙުގެ އުނގަންނަވައި ދެއްވުން ފަހަނައަޅައި މިސްރާބެއްނެތި ހިނގައްޖެ ކަމުގައިވާނަމަ، މާތްރަސްކަލާނގެ އާއި ތިޔަބައިމީހުންނާއި ދެމެދުގައިވާ ގުޅުން ގެއްލި ދާނެއެވެ. ނަމަވެސް އަލްމަސީޙު އުނގަންނަވައި ދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފަހައްޓައި ގާއިމުވެ ތިބެއްޖެނަމަ މަތިވެރި ބައްޕާފުޅާއި ދަރިކަލުން ތިޔަބައިމީހުންނާއި އެކު ވޮޑިގެންވާނެއެވެ.
މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިފައިވާ ތަކެތި ކަމުގައި ވިޔަސް މި ތަކެތި ތިޔަބައިމީހުންނަށް އަހަރެން ހަނދާން ކޮށްދެމެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ޚިޔާރު ކުރެއްވި އިސްރާއީލު ބާގައިގެ މީހުން މިޞްރުން ސަލާމަތް ކޮށްދެއްވި ގޮތެވެ. އަދި އެބައިމީހުންގެ ތެރޭގައި ތިބި އެކަލާނގެއަށް އީމާން ނުވި މީހުން ނައްތަވާލެއްވި ގޮތެވެ.