Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 4:5 - ކިތާބުލް މުޤައްދަސާ

5 އެހެނީ އެކަލާނގެ ވަޙީބަސްފުޅުންނާއި އަދި ތިޔަބައިމީހުން ދުޢާތަކުން މިތަކެއްޗަކީ ޙަލާލު މުޤައްދަސް ތަކެތި ކަމުގައި ހިމެނިފައިވެއެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 4:5
8 Cross References  

މިގޮތުން މާތްކަލާނގެ އެކި ބާވަތް ބާވަތުގެ ޖަނަވާރުތަކާއި އެކިބާވަތްބާވަތުގެ ދިރުންހުރި ތަކެތި ބިންމަތީގައި ލެއްވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.


ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ. ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.


ކަލޭމެން ދަހިވެތިކަމާއި އެކު ތިޔަ ރައްކާކޮށްފައިވާ ތަކެތި ފަގީރުންނަށް ދީ. އޭރުން ކަލޭމެންގެ އެތެރެފުށާއި ބޭރުފުށް ވެސް ސާފުވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެންވާ ފަދައިން: ’⁠މީހަކަށް ދިރިހުރުމަށްޓަކައި ހަމައެކަނި ބޭނުން ވަނީ ކާއެއްޗިއްސެއް ނޫން.⁠‘⁠“


އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ.


ހުރިހާ ކަމެއްމެ ސާފު ވެގެން ވަނީ އެމީހެއްގެ ހިތުގެ ސާފު ކަމުގެ މައްޗަށެވެ. އެހެނަސް އީމާންނުވާ ފަރާތްތަކާއި ނުބައި ޚިޔާލުތަކުގެ މީހުންނަށް އެއްވެސް އެއްޗެއް ތޯހިރުވެގެން ނުވެއެވެ. އެފަދަ މީހުންގެ ބުއްދިއާއި ޒަމީރުވަނީ ނަޖިސް ވެގެންނެވެ.


މާތްރަސްކަލާނގެ މި ކާއިނާތު ހެއްދެވީ އެކަލާނގެ އެންގެވި އެންގެވުމަކުން ކަން އެނގެނީ ވެސް އީމާންތެރިކަމުންނެވެ. އަހަރެމެންނަށް ފެންނަ ތަކެތި އުފައްދަވާފައި ވަނީ ނުފެންނަ ތަކެތީންކަން އަހަރެމެންނަށް އެނގެނީ ވެސް މި އީމާންތެރިކަމުގެ ސަބަބުންނެވެ.


Follow us:

Advertisements


Advertisements