Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 4:3 - ކިތާބުލް މުޤައްދަސާ

3 އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 4:3
30 Cross References  

ދިރިހުރި ހިނގާބިނގާވެ އުޅޭ މިފަދަ ހުރިހާ ތަކެއްޗަކީ ތިޔަބައިމީހުން ކެއުމަށް ހުއްދަ ތަކެތި. ތިމަންކަލާނގެ ތިޔަބައިމީހުންގެ ކާނާއަށްޓަކައި ފެހިގަސްތައް ދެއްވި ފަދައިން މިހާރު ހުރިހާ އެއްޗެއް ކައިއުޅުމަށް ވެސް ތިޔަބައިމީހުންނަށް ހުއްދަ ދެއްވަން.


ދެން މީސްތަކުންނަށް ވިނަގަނޑު މަތީގައި އިށީނުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ފަސް ބޯރޮއްޓާއި ދެ މަސް ނެންގެވުމަށް ފަހު، އުޑާއި ދިމާލަށް ބައްލަވައި މާތްރަސްކަލާނގެއަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު ބޯރޮށި ފަޅި ކުރައްވައި އެތަކެތި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި އެތަނުގައި ތިބި މީސްތަކުންނަށް ބެއްސެވިއެވެ.


ތިޔަބައިމީހުންގެ އަނގަޔަށްލާ ކާނާ އަކީ ތިޔަބައިމީހުން ނުތާހިރު ކުރުވާނޭ އެއްޗެއް ނޫން. ތިޔަބައިމީހުން ނުތާހިރު ކުރުވަނީ ތިޔަބައިމީހުންގެ އަނގައިން ނުކުންނަ ނުބައިވެގެންވާ ބަސްތައް.⁠“


އަދި ހަތް ބޯރޮއްޓާއި، މަސްކޮޅު ނެންގެވުމަށް ފަހު އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. ދެން އެ ކާނާ ބައިބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވިއެވެ. އަދި އަސްޙާބީން މީސްތަކުންނަށް އެތަކެތި ދެއްވިއެވެ.


އީސާގެފާނު އެމީހުންނާއި އެކު ކޭން ބައްލަވަން އިށީނދެ ވަޑައިގެން ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެބޯރޮށި ދެފަޅި ކޮށްލެއްވިއެވެ. އަދި އެބޯރޮށި ބައިބައި ކޮށްލައްވާ އެމީހުންނަށް ދެއްވަން ފެއްޓެވިއެވެ.


އެދުވަހު ތިބޭރިޔަސްއިން އައި ގިނަ އަދަދެއްގެ ދޯނިތަކެއް އީސާގެފާނު ބަރަކާތަށް އެދި ދުޢާކުރައްވައި މީސްތަކުންނަށް ކާންދެއްވި ތަނުގެ އައްސޭރީގެ ކައިރިފަށަށް ލެފިއެވެ.


ދެން ޕައުލް އެންމެންގެ ކުރިމަތީގައި ބޯރޮއްޓެއް ނަގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެއިން އެތިކޮޅެއް ކާލިއެވެ.


އެހެންވީމާ، ތިޔަބައިމީހުން ކައިބޮއި ހަދާ ތަކެއްޗާއި ދީނީ އިޙުތިފާލުތަކާއި ހުޅެވިހަނދުގެ މުނާސަބާތަކާއި ސަބަތުގެ ދުވަސް ފާހަގަކުރުމާ ބެހޭގޮތުން އެކަކަށް ވެސް ފާޑުކިޔަން ތަން ނުދޭށެވެ.


ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


އެކަލާނގެ އެންމެހާ އިންސީން ދިންނެވުމަށް އެދި ވޮޑިގެންވެއެވެ. އަދި އަލްމަސީޙާ ބެހޭ ތެދު ޙަޤީޤަތް އެންމެނަށް ވެސް އެނގިފާޅުވުމެވެ.


އެހެންވީމާ، އެފަދަ ކާނާ މާތްރަސްކަލާނގެ އުފެއްދެވީ ހެޔޮ ގޮތުގައެވެ. އަދި އެތަކެއްޗާމެދު އަހަރެމެން ޝުކުރުވެރި ހިތަކުން ބަލައިގަނެފިނަމަ އެތަކެއްޗަކީ ކެއުމަށް ކަމުދާ ތަކެތި ކަމުގައި ވެއެވެ.


އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


ތިބޭކަލުން އެ ރަށަށް ވަންނަވާ އިރު އެކަލޭގެފާނު މަޤާމުފުޅަށް އަރަން ދާތަން ފެންނާނެ. އެކަލޭގެފާނު ވަޑައިގެން އެ ޤުރުބާނީއަށް ބަރަކާތް ލެއްވުމަށް ދުޢާ ނުކުރައްވަނީހެއް މެހުމާނުންނެއް ނުކާނެ. އެކަލޭގެފާނާ އެތަނުން ތިބޭކަލުންނާ ބައްދަލު ވެދާނެ.⁠“


Follow us:

Advertisements


Advertisements