Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 4:16 - ކިތާބުލް މުޤައްދަސާ

16 ތިބާގެ ދިރިއުޅުމުގެ އިތުރުން ތިބާގެ ޢަޤީދާއާއި މެދުގައި ވިސްނާށެވެ. ހުރަސްތައް މިކަމުގައި ދިމާވެދިޔަ ނަމަވެސް ނުހުއްޓި ކުރިއަށްދާށެވެ. އޭރުން ތިބާ އާއި އެކު ތިބާގެ ބަސްތައް ގަބޫލުކުރި މީހުން ވެސް މާތްރަސްކަލާނގެ ސަލާމަތް ކުރައްވާނެއެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 4:16
38 Cross References  

މި އެންގުންތަކާ މެދު ކަލޭމެން ރަނގަޅަށް ސަމާލުވެ އަޑުއަހާތި. ކަލޭމެން އެހެން އެއްވެސް އިލާހެއްގެ ކިބައިން އެހީއަކަށް ނޭދޭތި. އެފަދަ އިލާހެއްގެ ނަން ވެސް ނުގަންނާތި.⁠“


ސަމާލުވޭ! ތިޔަބައިމީހުން ފަޅާއަރުވައި ކޯޓުތަކަށް ގެންދެވޭނެ. ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ހައްދު ޖެހޭނެ. އަހަންނާ ހެދި ތިޔަބައިމީހުން ގަވަރުނަރުންނާއި ރަސްރަސްކަލުންގެ ކުރިމައްޗަށް ގެންދެވޭނެ. އެއީ އެބައިމީހުންނަށް ދިންނެވުމުގެ އުފާވެރި ޚަބަރުގެ ހެއްކެއްގެ ގޮތުން.


ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް


ނަމަވެސް މާތްރަސްކަލާނގެ އަޅުގަނޑު ރައްކާތެރިކުރެއްވި. އެންމެ މަތީ މީހުންނަށާ އަދި އެންމެ ދެރަ މީހުންނަށް ވެސް މިޚަބަރު ދިނުމަށްޓަކައި އަޅުގަނޑު ދުނިޔޭގައި ދިރި މިހިރީ އެހެން ކަމުން. އަޅުގަނޑު މީސްތަކުންނަށް އަންގައިދީ ކިޔާދެމުން މި ދަނީ ހަމަ މޫސާގެފާނާއި އަދި އެހެން ރަސޫލުންނާއި ނަބީބޭކަލުން ވެސް އެކަމެއް ވާނެކަމަށް އަންގަވާފައިވާ ކަމަކާ ބެހޭ ގޮތުން.


އޭރުން އަހަރެމެންނަށް ދުޢާކުރުމުގައާއި އަދި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމުގައި ކުރިއަށް ދެވޭނެ.⁠“


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


އަދި އަރުޚިއްޕުސް ގާތު މިފަދައިން ބުނެދޭށެވެ. ”⁠މާތްސާހިބާ ޙަވާލުކުރެއްވި މަސައްކަތް ފުރިހަމަޔަށްކޮށް ނިންމައިދޭށޭ.⁠“


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


އަހަރެން މެސެޑޯނިޔާއަށް ފުރަމުން، އެފޭސުސްގައި ތިބާ މަޑުކޮށް އެތަނުގައި އަންގައިދެމުން ގެންދާ ދޮގު ފަތުވާތައް ހުއްޓުވުމަށް ތިބާގެ ގާތުގައި އެދެވިފައިވާނެއެވެ.


ތިބާ މިކަންތައްތަކުގެ މައްޗަށް ފުރިހަމަ ސަމާލުކަން ދީ މިކަމުގައި ހޭދަ ކުރާށެވެ. ތިބާއަށް ލިބިފައިވާ ކުރިއެރުން އެބައިމީހުން ދެނެގަންނާނެއެވެ.


ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.


މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ.


ތިބާއަށް ދަސްވެ ޔަޤީންވެފައިވާ ކަންތައް ކުރުންމަތީ ދެމިހުންނާށެވެ. އެހެނީ އެކަންތައް ތިބާއަށް ދަސްކޮށްދިނީ ކޮންފަރާތެއްކަން ތިބާއަށް އެނގޭނެ މެއެވެ.


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


އެމީހުން ވާން ޖެހޭނީ އެމީހުންނަށް އެނގިގެންވީ މި ޚަބަރުފުޅަކީ ތެދު ޚަބަރުފުޅު ކަމުގައި ބަލައިގަނެ އިތުބާރު ގޮތެއްގައި ހިފަހައްޓާ ބަޔަކު ކަމުގައެވެ. އެހެންވީމާ މި ހަރުދަނާ ޢަގީދާ އުނގަންނައި ދިނުމުން އީމާންތެރިންނަށް ހިތްވަރު ލިބި އިދިކޮޅު މީސްތަކުން އިސްލާޙު ވެދެއެވެ.


ތިބާގެ ފުރިހަމަ އިޚުތިޔާރާއި ބާރުގެ ބޭނުން ކޮށްގެން މިކަންތައް އުނގަންނައިދީ، މީހުން އިސްލާޙުކޮށް ހިތްވަރު ދޭށެވެ. ކޮންމެ މީހެއްގެ އިޙުތިރާމާއި ޤަދަރު ތިބާއަށް ލިބިދޭނެ ކަމުގައި ޔަޤީން ކުރަމެވެ.


ތިބާ އަބަދުވެސް މީހުންނަށް މިސާލެއް ކަމުގައި ވާށެވެ. އަދި ތިބާގެ އަމިއްލަ ނަފްސު ވާންޖެހޭނީ ހެޔޮ އަމަލުތައް ކުރުމުގައެވެ. ތިބާ އުނގަންނައި ދިނުމުގައި އިޚުލާސްތެރިވެ ކަމަށް ކަމޭހިތަންވާނެއެވެ.


މި ލިޔުން މިލިޔަނީ އަހަރެންގެ އަމިއްލަ އަތުންނެވެ. ”⁠އަހަރެން، ޕައުލް، ތިބާއަށް އެއަގު އަދާކުރާނަން.⁠“ ނަމަވެސް ތިބާގެ މުޅި ޙަޔާތް އަހަންނަށް ދަރާފައިވާކަން ފަހަރެއްގައި ވެސް ހަނދާން ނައްތާނުލާށެވެ.


އެކަކު ވެސް މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅަށް ފުރަގަސް ދިނަ ނުދޭށެވެ. އަދި އަނެކާއަކީ ހިތި ވިހަގަހެއް ފަދައިން ހެދިބޮޑުވެ އެހެން މީހުންނަށް ވިހަލާ މީހަކަށް ވިޔަ ނުދޭށެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


އޭރުން ޙައްޤުން އެއްކިބާވެފައިވީ ފާފަވެރިޔާ ހެޔޮމަގަށް ގެނެސް ދިނުމުން އޭނާގެ ފުރާނަ މަރުން ސަލާމަތް ވެއެވެ. އަދި އެބައިމީހުންގެ ގިނަގުނަ ފާފަތައް ޢަފޫކުރައްވައެވެ.


Follow us:

Advertisements


Advertisements