ތިމޮތީއަށް ފުރަތަމަ ސިޓީ 3:8 - ކިތާބުލް މުޤައްދަސާ8 ހަމަ މިފަދައިން އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ އެހީތެރިން ވެސް ވާންޖެހޭނީ އަނެކުންގެ އިޙްތިރާމް ލިބިގެންވާ ތެދުވެރި ބައެއް ކަމުގައެވެ. މަސްތުވެގެންވާ ޙާލަތަށް ނަފްސު ދިޔަ ނުދީ ފައިސާގެ ދަހިވެތިކަމުން އެއްކިބާ ވެގެންވާ ބައެއް ކަމުގައެވެ. See the chapter |
މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.
މަސީޙީ ޖަމާޢަތުގެ ބޮޑުންނަކީ މާތްރަސްކަލާނގެ މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންވީމާ އެމީހުންނަކީ ޤަދަރު ލިބިގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ބޮޑާކަމާއެކު ދިރިއުޅުމާއި، ކުއްލި ރުޅިއައުމާއި، މަސްތުވެގެންވުމާއި، އަނިޔާވެރިވުމުގެ އިތުރުން ކަންކަމުގައި ޚިޔާނާތްތެރި ވުމުން އެއްކިބާވެ ތިބޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ.
ހަމަ މިފަދައިން މާތްކަލާނގެ ދެކެ އެކަށީގެންވާފަދަ ގޮތަކަށް ޚިދުމަތްކުރާ މީހެއް ފަދައިން ދިރިއުޅުން ވޭތުކުރުމަށް އުމުރުން ދުވަސްވީ އަންހެނުންނަށް ބުނެދޭށެވެ. އެމީހުން ނެތިމޮށުމާއި މަސްތުވުމުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އޭގެބަދަލުގައި އަނެކުންނަށް ރަނގަޅުގޮތް ދައްކައިދޭ ބަޔަކަށް މިފަދަ އަންހެނުން ވުމަށް ބުނެދޭށެވެ.
ހުއިހައްޕާ މީހަކު ކަންބަޅިތަކާއިމެދު ޒިންމާވާނެ ފަދައިން މީސްތަކުންނާއިމެދު ޒިންމާ ވާށެވެ. އެބައިމީހުންނާއިމެދުގައި ޒިންމާވާން ޖެހެނީ ތިޔަބައިމީހުންގެ އަޅާލުން އެބައިމީހުންގެ މައްޗަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާތީއެވެ. މިފަދައިން އަމަލުކުރަންވީ ހަމައެކަނި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތް ކަމުގައި ބަލައިގެން ނޫނެވެ. ތިޔަބައިމީހުން އުފާވެރި ކަމާއެކު ޚިދުމަތް ކުރުމަށް އެދިގެންވާތީއެވެ. ފަހަރެއްގައި ވެސް މުއްސަނދި ކަމަށް އެދިގެން ނޫނެވެ. ހިތުންރުހުމުން ކުރާ ކަމެއްގެ ގޮތުގައެވެ.