Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 3:2 - ކިތާބުލް މުޤައްދަސާ

2 މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 3:2
20 Cross References  

ޒަކަރިއްޔާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަންވާ ތެދުވެރިކަމާއިއެކު އެކަންތައްތައް އަދާކުރަމުން ދާ ބަޔެކެވެ. އެދެމީހުންގެ މައްޗަށް މާތްރަސްކަލާނގެ ރުހިވޮޑިގެން ވިއެވެ.


މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވުމަށް ވާ ވަޙީބަސްފުޅަކައިގެން ވީ ބޭކަނބަލަކު އެތާނގައި ވިއެވެ. އޭނާއަކީ އަޝޭރުގެ ދަރިކޮޅުން އައި ފަނުއިލުގެ އަންހެން ދަރި އަންނާއެވެ. މީނާއަކީ މިހާރު ވަރަށް މުސްކުޅިވެފައިވާ މީހެކެވެ. އޭނާ މީހަކާ އިނދެ ހަތް އަހަރު ވެފައި ވަނިކޮށް


އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ.


ހަމައެހެންމެ، އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ އެހީތެރިންގެ ގޮތުގައިވާނަމަ އެބައިމީހުންގެ އަނބިންނަށް ތެދުވެރިވެހުރެ، ދަރިންނާއި އެކުގައި ދިރިއުޅެމުންގެންދާ މީހުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވެންވާނެއެވެ.


ހަމަ މިފަދައިން އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ އެހީތެރިން ވެސް ވާންޖެހޭނީ އަނެކުންގެ އިޙްތިރާމް ލިބިގެންވާ ތެދުވެރި ބައެއް ކަމުގައެވެ. މަސްތުވެގެންވާ ޙާލަތަށް ނަފްސު ދިޔަ ނުދީ ފައިސާގެ ދަހިވެތިކަމުން އެއްކިބާ ވެގެންވާ ބައެއް ކަމުގައެވެ.


އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ.


ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކަށް ހަމަނުޖެހިގެން އަވަސްވެގަނެގެން ނޫޅޭށެވެ. އަދި އެހެން މީހުންގެ ފާފައިގެ ތެރެއަށް ތިބާ ނުވެއްޓި ސާފު ތާހިރުގޮތުގައި ހުންނާށެވެ.


މިފަދައިން ހުވަފަތް އަންހެނުންގެ ތެރެއިން ހިމަނަން ޖެހޭނީ އެމީހެއްގެ އުމުރުން ފަސްދޮޅަސް އަހަރަށް ވުރެން ދުވަސްވީ އަދި ކައިވެނީގައި ވަފާތެރިކަމާއެކުގައި ދެމިތިބި އަންހެނުންނެވެ.


މާތްސާހިބާގެ ޚާދިމުންނަކީ މައްސަލަތައް އުފައްދާ ބައެއް ނޫނެވެ. އެމީހުންނަކީ މީސްތަކުންނަށް އޯގާތެރި އަދި ކެތްތެރިކަމާއެކު އުނގަންނައި ދެވޭ ފަދަ ބަޔަކަށް ވާންޖެހޭނެއެވެ.


އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި ހެޔޮވިސްނައި، އިއްޒަތާއި ޤަދަރު ލިބިތިބެ، އުމުރުން ދުވަސްވީ މީހުންނަށް އެކަންތައް ދަސްކޮށްދީ ބުނެދޭށެވެ. އެއީ އެމީހުންނަށް އީމާންތެރިކަމާއި ލޯތްބާއި ކެތްތެރިކަމާއެކު އުޅެމުން ދެވޭނެ ގޮތްވުމަށެވެ.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


އަހަރެމެން ފެށުނު އިރު އީމާން ކަމުގައި ތިބި ފަދައިން ނިމެންދެން ވެސް އީސާ އަލްމަސީޙާ މެދު ޔަޤީންކަން ދަމަހައްޓައިފި ނަމަ އަހަރެމެން ވާނީ އެކަލޭގެފާނުގެ ބައިވެރިންކަމުގައެވެ.


ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.


ފުރާގު ލިބުމަށާއި ދިރިއުޅޭނޭ ތަނަކަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އުފާވެރިކަމާއެކު ތިޔަބައިމީހުންގެ ހިޔާވަހިތައް ޙިއްޞާކުރާށެވެ.


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


Follow us:

Advertisements


Advertisements