Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 2:8 - ކިތާބުލް މުޤައްދަސާ

8 އެހެންވީމާ، އަހަރެން އެދެނީ އެންމެހާ ފިރިހެނުން ދުޢާ ކުރާ ހިނދު މަޑުމައިތިރިވެ އަތްތައް މައްޗަށް އުފުލައިގެން ރުޅިވެރިކަމާއި އަރާރުން އެއްކިބާވެތިބެ، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމަށެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 2:8
48 Cross References  

ނުބައިމީހާ ކުރާ އަޅުކަމުގެ ޤުރުބާނީ ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހާ ކުރާ ދުޢާއާ އެކަލާނގެ ރުހިވޮޑިގަންނަވައެވެ.


ނުބައި މީހުން ކުރާ ޤުރުބާނީ ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ. އަމުދުން އެއީ ނުބައިކަމަކަށް އެދިގެން ކުރާ ކަމެއް ނަމައެވެ.


އީސާގެފާނު އެބޭކަލުންނަށް ޖަވާބު ދެއްވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުން އީމާންތެރިކަންމަތީ އަދި ޝައްކެއްނެތި ވާނަމަ އަހަރެން މި ވައްތީނި ގަހަށް މި ކުރިކަންތައް ތިޔަބައިމީހުންނަށް ވެސް ކުރެވިދާނެ. އަދި މިތަނުގައި ހުރި ފަރުބަދައަށް ’⁠މިތަނުން ލުހިގެން ކަނޑަށް ދާށޭ⁠‘ ތިޔަބައިމީހުން ބުންޏަސް، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެ.


އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.


އަޅަމެންނާއިމެދު ނުބައިކޮށް އަމަލުކުރާ ފަރާތްތަކަށް އަޅަމެން މަޢާފްދޭ ފަދައިން އަޅަމެންގެ ފާފަތައް ވެސް އިނބަރަސްކަލާނގެ ފުއްސަވާފާނދޭވެ!


އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”⁠ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.⁠“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާގެން އެރަށުން ވަޑައިގެން ބެތާނިޔާ ރަށާއި އަރާ ހަމަވި ހިނދު އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވާ އެމީހުންނަށް ބަރަކާތް ލެއްވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން އަޅުކަން ކުރަންޖެހޭނީ ޖެރޫސަލަމަކު ވެސް ނޫން އަދި މި ފަރުބަދައަކު ވެސް ނޫން.


މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެން އުޅުނު ޞާލިޙު މީހެކެވެ. އޭނާއާއި އޭނާއާއި އެކު އޭނާގެ ގޭގައި އުޅޭ އެންމެން ވެސް ހަމައެކަނި ތެދު ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރެއެވެ. އޭނާގެ އަތުގައިވާ މުދަލާއި ފައިސާގެ ގިނަބައެއް ވެސް އޭނާ ފަގީރުންނަށް ހޭދަކުރެއެވެ. އަދި އަބަދުވެސް ގަވާއިދުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއެވެ.


އެމީހާ ބުނި. ’⁠ކޮރުނޭލިޔުސް އޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާތަކުގެ އަޑު އައްސަވައިފިއޭ. އަދި ކަލޭ ފަގީރުންނަށް ވަމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއޭ.


ކޮރުނޭލިޔުސް އަށް މި މަލާއިކަތާ ފެނުމުން ހައިރާންވެ ބިރުގަނެ ބުންޏެވެ. ”⁠އާދެ ސާހިބާ. ކީއްތޯވީ؟⁠“ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭގެ ދުޢާތައް އައްސަވާ ވޮޑިގެންވޭ. އަދި ކަލޭ ފަގީރުންނަށް ދެމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވޭ.


ނަމަވެސް ހަމަ އެ ހަފްތާ ހަމަވުމާއި އެކު އަހަރެމެން އަނެއްކާވެސް އަހަރެމެންގެ ދަތުރުގައި ކުރިއަށް ދިޔައީމެވެ. އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ފިރިހެނުން އެމީހުންގެ އަނބިންނާއި ދަރިންނާއި އެކު އަތިރިމައްޗަށް އަހަރެމެން ފުރުވަން އައެވެ. އަދި އެތާނގައި އަހަރެމެން އެންމެން ކަކޫ މައްޗަށް ތިރި ވެ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރީމެވެ.


އޭނާ ބިންމަތީ ކަކޫ ޖަހައިގެން އޮވެ ރޮއެގަތެވެ. ”⁠މާތްސާހިބާ. އެމީހުންގެ މި ފާފައިގެ އަޒާބު އެމީހުންނަށް ނުދެއްވާފާނދޭ.⁠“ ހަމަ އެހެން ބުނެ ނިމުނު ވަގުތު އޭނާގެ ފުރާނަ ދިޔައެވެ.


އަޚުންނާއި އުޚުތުންނޭވެ! މިތަނުގައި ހިނގި ހުރިހާ ކަމެއްގެ ތެރޭގައި ހެޔޮޚަބަރުފުޅު ފެތުރުމަށް އަހަންނަށް ލިބުނީ ކުރިއެރުންކަން ތިޔަބައިމީހުންނަށް އަންގާލަން ބޭނުމެވެ.


އެއީ ތިޔަބައިމީހުން މެދުވެރިކޮށް މެސެޑޯނިޔާއާއި އަކޭޔާގެ އެންމެންނަށް މާތް ސާހިބާއާއި ބެހޭ ޚަބަރުފުޅު ދިނުމުން އެކަންޏެއްމެ ނޫނެވެ. އަދި މީގެ އިތުރުން މާތްރަސްކަލާނގެ އާއި މެދުގައި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމުގެ ޚަބަރު އެންމެހައި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީތީ ވެސްމެއެވެ. ވީމާ އިތުރަށް އަހަރެމެން ބުނަންޖެހޭ ވާހަކައެއް ނެތެވެ.


އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


މާތްރަސްކަލާނގެ އާއިމެދު ގާތް ގުޅުމެއްގައިވާށެވެ. އޭރުން އެކަލާނގެ ކަލޭމެންނާއި ކައިރިވެ ވޮޑިގެންވާނެއެވެ. އޭ ދެފުށަށްކެނޑޭ ފާފަވެރިންނޭވެ! ކަލޭމެންގެ ޙަޔާތުން ފާފަވެރިކަން ފޮހެލާށެވެ. ކަލޭމެންގެ ހިތްތައް ވެސް ތާހިރު ކުރާށެވެ.


ހަމަ މިގޮތުގެ މަތިން ފިރިން ވެސް އެބައިމީހުންގެ އަނބިންގެ އިހުސާސްތައް ދަނެގަތުމާއެކު އަޅާލާން ޖެހޭނެއެވެ. އެކަނބަލުންނާއި އެކުގައި ޙަޔާތު ވޭތުކުރާއިރު އެކަނބަލުންނަކީ ތިޔަބައިމީހުންނަށް ވުރެން ނާޒުކު ބައެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް އެކަނބަލުންނަށް ޤަދަރުކުރުމާއި އެކުގައެވެ. ސަބަބަކީ ތިޔަބޭކަލުންނަށް މާތްރަސްކަލާނގެ ދެއްވިފަދަ ނިޢުމަތްތަކެއް އެކަނބަލުންނަށް ވެސް އެކަލާނގެވަނީ ދެއްވާފައެވެ. އަދި އެކަނބަލުން އައުޙަޔާތުގެ ހަދިޔާއިން ތިޔަބޭކަލުންނާއި ޙިއްސާކުރެއެވެ. މިފަދައިން އެ އަނބިކަނބަލުންނާއި މެދު އަމަލު ނުކުރާނަމަ ތިޔަބައިމީހުންގެ ދުޢާ އައްސަވާވޮޑިގެންނުވެއެވެ.


Follow us:

Advertisements


Advertisements