Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 1:5 - ކިތާބުލް މުޤައްދަސާ

5 މި ގޮތަށް އަހަރެންގެ މިއިރުޝާދު ދިނުމުގެ މަގްސަދަކީ އީމާންވާ އެންމެހައި މީހުންގެ ކިބައިގައި ސާފުތާހިރު ހިތަކުން އުފެދޭ ލޯތްބެއް އަށަގެންނެވުމަށެވެ. އަދި އެއީ ސާފު ޒަމީރަކުންނާއި ތެދުވެރި އީމާންތެރިކަމަކުން އުފެދޭ ލޯތްބެއް ވެސް މެއެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 1:5
43 Cross References  

ރަނގަޅު މީހުންގެ ހިތުގައި ވާނީ ރަނގަޅު ޚިޔާލުތައް. އަދި އެބައިމީހުން ދައްކާނީ ރަނގަޅު ވާހަކަތައް. ނަމަވެސް ނުބައި ބައެއްގެ ހިތުގައި ވާނީ ނުބައި ޚިޔާލުތައް. އަދި އެބައިމީހުން ދައްކާނީ ނުބައި ވާހަކަތައް.


މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތް ސާފު މީހުންނަށް. އެހެނީ އެފަދަމީހުންނަށް މާތްރަސްކަލާނގެ ފެންނާނެ.


މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ ވެސް ކަން ކުރެއްވީ ހަމަ އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން ވެސް އީމާންވި މީހުންނާ މެދު ކަން ކުރެއްވި ފަދައިން. އެއީ އެމީހުން ވެސް އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާންވުމުން މާތްރަސްކަލާނގެ އެމީހުންގެ ހިތްތަށް ވެސް ސާފުތާހިރު ކޮށްދެއްވި.


ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ވެރިންނާ ކުރިމަތިލާ ސީދާ އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މި ވީހާ ތަނަށް މާތްރަސްކަލާނގެ އެންގެވި މަގުން ކަން ކުރަމުން މިއައީ ފޮރުވަން ޖެހޭފަދަ ނުވަތަ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނުކޮށް.⁠“


އެހެން ކަމުން އަޅުގަނޑު އަބަދުވެސް މާތްރަސްކަލާނގެ ކުރިފުޅުމަތީގައާއި އަދި މީސްތަކުންގެ ކުރިމަތީގައި ވެސް ލަދުގަންނަން ނުޖެހޭފަދައިން ތެދުނިޔަތުގައި ހުރިހާކަމެއް ވެސް ކުރަން.


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.


ތިމޮތީ، މަގޭ ދަރިފުޅާއެވެ. ތިބާއަށް އަހަރެން މި ދޭ އިރުޝާދުތަކަކީ ކުރީގައި ތިބާއާމެދު އެންގެވިފައިވާ ޣައިބުގެ ބަސްފުޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެވޭ އިރުޝާދުތަކެކެވެ. މި އިރުޝާދުން ތިބާއަށް މާތްރަސްކަލާނގެ މަގުގައި ކުރެވޭ ރޫޙާނީ ހަނގުރާމަ ކުރުމުގެ ހިތްވަރު ލިބިދޭނެއެވެ.


ނިމުމެއް ނުވާ ފަދައިން ތިބާގެ ހިތުގައިވާ އީމާންތެރިކަން ވަރުގަދައަށް ހިފަހައްޓާށެވެ. އަދި ތިބާގެ ޟަމީރު ސާފު ސީދާކޮށް ބަހައްޓާށެވެ. އެހެނަސް ބައެއްމީހުން އެމީހުންގެ އިޚުތިޔާރުގައި ޟަމީރާއި ދެކޮޅުވެއެވެ. އެފަދަ މީހުންގެ އީމާންތެރިކަމުގެ ނަތީޖާ ވަނީ ނަވެއް ފަރަކަށް އުރި ވީރާނާވާ ފަދައިންނެވެ.


މިހާރު ތިޔަބައިމީހުންގެ މައްޗަށް ފާޅުވެފައިވާ އީމާންކަމުގެ ސިއްރުތަކުގައި ޒަމީރުގެ ސާފުކަމާއެކު ވަރުގަދައަށް ހިފަހައްޓަ ތިބޭށެވެ.


ތިމޮތީއެވެ. ތިބާއަށްޓަކައި އަހަރެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވަމެވެ. އެކަލާނގެއީ އަހަރެމެންގެ ކާބަފައިން ފަދައިން އަހަރެންގެ ޒަމީރުގެ ސާފުކަމާއެކު އަހަރެން ޚިދުމަތްކުރާ އަހަރެންގެ ކަލާނގެއެވެ. ރޭގަނޑާއި ދުވާލު އަހަރެންގެ ދުޢާތަކުގައި ތިބާގެ މަތިން އަބަދާއިއަބަދު ހަނދުމަ ކުރެވެއެވެ.


ތިބާގެ މާމަ ލޯވިސް އާއި މަންމަ އެއުނީޒް އެކޭ އެއްފަދައިން މާތްރަސްކަލާނގެ އާއިމެދު ތިބާގެ ހިތުގައިވާ ތެދުވެރި އީމާންތެރިކަން އަހަރެންނަށް އެނގެއެވެ.


ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.


ހުރިހާ ކަމެއްމެ ސާފު ވެގެން ވަނީ އެމީހެއްގެ ހިތުގެ ސާފު ކަމުގެ މައްޗަށެވެ. އެހެނަސް އީމާންނުވާ ފަރާތްތަކާއި ނުބައި ޚިޔާލުތަކުގެ މީހުންނަށް އެއްވެސް އެއްޗެއް ތޯހިރުވެގެން ނުވެއެވެ. އެފަދަ މީހުންގެ ބުއްދިއާއި ޒަމީރުވަނީ ނަޖިސް ވެގެންނެވެ.


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


ކަލޭމެން އަހަރެމެންނަށްޓަކައި ދުޢާ ކުރުންމަތީ ތިބޭށެވެ. އަހަރެމެންގެ ޒަމީރު ސާފުސީދާކަން އަހަރެމެންނަށް އެނގެއެވެ. އަހަރެމެން ދިރިއުޅެމުން ދާއިރު ކުރާ ކޮންމެ ކަމެއް ކުރުމަށް ހިތްއެދެނީ ހެޔޮ ގޮތުގައެވެ.


އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.


މާތްރަސްކަލާނގެ އާއިމެދު ގާތް ގުޅުމެއްގައިވާށެވެ. އޭރުން އެކަލާނގެ ކަލޭމެންނާއި ކައިރިވެ ވޮޑިގެންވާނެއެވެ. އޭ ދެފުށަށްކެނޑޭ ފާފަވެރިންނޭވެ! ކަލޭމެންގެ ޙަޔާތުން ފާފަވެރިކަން ފޮހެލާށެވެ. ކަލޭމެންގެ ހިތްތައް ވެސް ތާހިރު ކުރާށެވެ.


މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ.


އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.


ސަބަބަކީ އެކަކު އަނެކަކާއިމެދު އިޚުލާސްތެރިކަމާއިއެކު ފުން ލޯތްބެއްގައި ވުމުން މީސްތަކުންގެ ކުށްފާފަތަކަށް މަޢާފު ދިނުމުގައި ތައްޔާރުވެ ތިބެވޭނެތީއެވެ.


ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް އަޚުވަންތަކަމުގެ ކުލުނާ އެކުލައްވާށެވެ. އެ އަޚުވަންތަކަމުގެ ކުލުނުގައި ލޯބި ހިމަނާށެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ އީސާ އަލްމަސީޙަކީ އެކަލާނގެ ދަރިކަލުން ކަމަށް އަހަރެމެން އީމާން ވުމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތިކޮށް ހިތުމަށެވެ. މިއީ މާތްރަސްކަލާނގެ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ކަންތަކެވެ.


އެހެންވީމާ، އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމަށް އިންތިޒާރު ކުރަމުން ގެންދާ ފަރާތްތައް ތިބޭނީ ފާފައިން އެއްކިބާވެ، އެކަލޭގެފާނު ހުންނެވި ފަދައިން ތާހިރުކަން މަތީގައެވެ.


Follow us:

Advertisements


Advertisements