Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 1:3 - ކިތާބުލް މުޤައްދަސާ

3 އަހަރެން މެސެޑޯނިޔާއަށް ފުރަމުން، އެފޭސުސްގައި ތިބާ މަޑުކޮށް އެތަނުގައި އަންގައިދެމުން ގެންދާ ދޮގު ފަތުވާތައް ހުއްޓުވުމަށް ތިބާގެ ގާތުގައި އެދެވިފައިވާނެއެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 1:3
24 Cross References  

އެމީހުން ދަތުރުކޮށް ދިޔަ އޮޑި އެފޭސުސްއަށް ލެފުމުން އެމީހުން އެރަށަށް ފޭބިއެވެ. ދެން ޕައުލް ދިޔައީ އެރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށެވެ. އެތަނަށް އަންނަ މީހުންނާއި ވާހަކަ ދެއްކުމަށެވެ. ދެން އަކީލާ އާއި ޕްރިސިލާ އެރަށުގައި މަޑުކުރިއެވެ.


ނަމަވެސް އޭނާ އެމީހުންނާ ހިތްހެޔޮކޮށް ދިއުމުގެ ކުރިން ބުންޏެވެ. ”⁠އެއީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ގޮތްނަމަ އަހަރެން އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނަން.⁠“ ދެން ޕައުލް އެފޭސުސްއިން ފުރައިގެން ދިޔައެވެ.


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


އަދި މާތްސާހިބާއަށް އަހަރެން ކުރާ އިތުބާރުން އަހަރެން ވެސް ދުރުނޫން މުސްތަގުބަލެއްގައި ތިޔަބައިމީހުންގެ ކައިރިއަށް ދާނަމެވެ.


އެންމެހައި މީސްތަކުންނަށް މިކަންތައް ކުރުމަށް އުނގަންނައިދީ އަމުރުކުރާށެވެ.


ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.


މަސީޙީ ޖަމާޢަތަށް މިގޮތުގެމަތިން އިރުޝާދު ދޭށެވެ. އޭރުން ބަދުނާމުތަކުން އެކަނބަލުން އެއްކިބާވާނެއެވެ.


ފައިސާ އާއި މުއްސަނދި ކަމަށް ލޯބި ކުރުމަކީ ހުރިހާ ބާވަތެއްގެ ޝައިތާނީ ވަސްވާސްތަކެއް އެކުލެވި މޫލާފައިވާ ކަމެކެވެ. އަދި ފައިސާ އަށް ދަހިވެތިވާ މިފަދަ މީހުން އީމާންތެރިކަމުން އެއްކިބާވެ މިސްރާބެއް ނެތި ދަތުރު ކުރާހިނދު އެތައް ހިތާމަތަކެއް އެކުލެވިގެންވެއެވެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


ދޮގު ފަތުވާގެ އެދުރުން މިކަންތައްތަކާއި މެދު އިންކާރު ކުރާނެއެވެ. އެހެނަސް މި ޚަބަރުތަކަކީ މާތް ސާހިބާ އީސާ އަލްމަސީޙުގެ އުނގަންނަވައި ދެއްވުމެވެ. އަދި އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ޙަޔާތަށް އަހަރެމެން ދިޔުމަށްޓަކާ ފުރިހަމަ ބިންގާ ވެސް އަޅުއްވާ ދެއްވާފައެވެ.


އަލްމަސީޙު އަނބުރާ ވަޑައިގެންނެވުމުން މާތްރަސްކަލާނގެ އޭނާއަށް ރަޙުމަތް ލައްވާނެތެވެ. އަދި އޭނާ އެފޭސުސްގައި އަހަންނަށް އެހީތެރިވީ ވަރު ތިބާއަށް އެނގޭނެއެވެ.


އެތަކެއް ދޮގުވެރިން ވަނީ މި ދުނިޔެތެރެއަށް ފެތުރިފައެވެ. އެ މަކަރުވެރި ދޮގުވެރިން ބުނެފައި ވަނީ އީސާ އަލްމަސީޙަށް ކައްޓާ މަހުން އެކުލެވިފައިވާ ފުރިހަމަ ހަށިކޮޅެއް ޙަގީގަތުގައި ލިބިވަޑައިގެންފައި ނުވާ ކަމުގައެވެ. ނަމަވެސް އެބައިމީހުންނީ ދޮގުވެރިންނެވެ. އަދި އަލްމަސީޙުގެ ޢަދުއްވުން ވެސްމެއެވެ.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެބަސްވާ ބައެއް ކަންތައްތައް އެބަހުރި. އެއީ ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ބަލާމުގެ އުނގަންނައިދިނުމާއި އެއްގޮތަށް ކަންތައްކުރޭ. ބަލާމު، ބަނީއިސްރާއީލުންގެ މީހުން ލައްވާ ފާފަކުރުވުމަށް ބާލަކަށް ވިސްނައިދިން. އޭގެސަބަބުން އެމީހުން ބުދުތަކަށް ޤުރުބާން ހުށަހެޅުވައިފައިވާ ކާނާ ކައި ޖިންސީ ފާޙިޝް އަމަލުތައް ހިންގި.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.


Follow us:

Advertisements


Advertisements