ތިމޮތީއަށް ފުރަތަމަ ސިޓީ 1:16 - ކިތާބުލް މުޤައްދަސާ16 އަހަރެންނާއިމެދު މާތްރަސްކަލާނގެ ކޮޅެއްނެތްހާ ކެތްތެރިކަމާއެކު ބައްލަވާ ވޮޑިގެން އަހަރެންފަދަ އެންމެ ނުބައި ފާފަވެރިއަކަށް އެކަލާނގެ ރަޙުމަތްވަންތަކަން ދެއްވުމުގެ ބޭނުންފުޅަކީ އީސާ އަލްމަސީޙާއި މެދު ޢާންމު ނަމޫނާއެއްކަމުގައި އަހަރެން ލެއްވުމެވެ. ހަމައެހެންމެ، އެހެންމީހުން މިކަން ބަލައި އެނގި އެކަލޭގެފާނު ގަބޫލުކޮށް އީމާން ވުމުން ނިމުންނުވާ ޙަޔާތް ލިބުމެވެ. See the chapter |
ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.
އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ.
މިކަންތައް ހިނގައިދާނީ މާތްސާހިބާ އެކަލޭގެފާނަށް އީމާންވެގެންތިބި ހުރިހާ މީހުން ކަމަށްވާ އެކަލާނގެ މީހުންގެ ފަރާތުން އެކަލޭގެފާނަށް ޤަދަރާއި ޖަލާލަތާއި ޙަމްދު ސަނާ ލިބިގަތުމަށް ވަޑައިގަންނަވާ ދުވަހުއެވެ. އެބައިމީހުންގެ ތެރޭގައި ތިޔަބައި މީހުންވެސް ހިމެނިގެން ވާނެއެވެ. އެއީ އެކަލޭގެފާނާއި ބެހޭގޮތުން އަހަރެމެން ދިން ރިސާލަތު ތިޔަބައިމީހުން ގަބޫލުކުރި ކަމުންނެވެ.
އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.
އަދި ހަނދުމަކުރާށެވެ. އަހަރެމެންނަށް ސަލާމަތްތެރިކަން ލިބިދިނީ އަހަރެމެންގެ މާތްސާހިބާގެ ކެތްތެރިވެ ވަޑައިގެންނެވުމުގެ ސަބަބުންނެވެ. އަހަރެމެންގެ ލޮބުވެތި އަޚު ޕައުލް ވެސް މި ބުނެވިދިޔަ ފަދައިން ތިޔަބައިމީހުންނަށް ބުނެދީފައިވެއެވެ. އޭނާ ތިޔަބައިމީހުންނަށް ލިޔެފައިވީ މާތްރަސްކަލާނގެ އޭނާއަށް ދެއްވި ޙިކުމަތުންނެވެ.
މާތްރަސްކަލާނގެއީ އެކަލާނގެ ވަޢުދުފުޅު ފުރިހަމަ ކުރައްވައި އެނބުރި ވަޑައިގެންނެވުމަށް ޙަޤީޤަތުގައި ވެސް ލަސްވެގެންވާ ފަރާތެއް ނޫނެވެ. ބައެއްފަރާތްތަކަށް އެކަން ލަސްވެގެންވާކަމުގައި ވިސްނިފައި އޮތަސްމެއެވެ. އެކަލާނގެ ތިޔަބައިމީހުންނާމެދު ކެތްތެރިވެ ވޮޑިގެންވެއެވެ. އަދި އެއްވެސް ފަރާތެއް ގެއްލެނި ކުރެއްވުމަކަށް އެދިވޮޑި ނުގަންނަވަމެވެ. އެއީ އެކަލާނގެ ހުރިހާ އެންމެންނަށް މުއްދަތު ދެއްވައި ތައުބާވުމަށް އެދިވޮޑިގަންނަވާތީއެވެ.