Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 1:12 - ކިތާބުލް މުޤައްދަސާ

12 އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނާއިމެދު ބައްލަވާ ވޮޑިގަންނަވާ އިތުބާރު ކުރައްވާ މާތް ސާހިބާއަށް ޚިދުމަތް ކުރެއްވުމުގެ ބާރު ދެއްވައި އަހަރެން ހޮއްވެވި ކަމަށްޓަކައި ޝުކުރު ކުރަމެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 1:12
26 Cross References  

އޭނާ އެމީހުންގެ ކައިރިއަށް ގޮސް ބުނި. ’⁠އަހަރެންގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތްކުރުމަށް ތިޔަބައިމީހުން ގޮސްފިކަމުގައި ވާނަމަ މަސައްކަތާއި އެކަށީގެންވާ އުޖޫރަ އަހަރެން ދޭނަމޭ.⁠‘


އެހެންކަމުން އެންމެހާ މީސްތަކުން ވެސް ބައްޕާފުޅަށް އިޙުތިރާމުކޮށް ބިރުވެތިވާ ފަދައިން ދަރިކަލުންނަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާން ޖެހޭނެ. ދަރިކަލުންނަށް އިޙުތިރާމުކޮށް ބިރުވެތި ނުވާ މީހަކީ ދަރިކަލުން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާ މީހެއް ނޫން.


ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”⁠އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.⁠“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.


ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ.


ނަމަވެސް ޝާއުލް އީސާގެފާނާއި ބެހޭ ޚަބަރުތައް އަންގައިދިނުމުގައި ހަރުދަނާ ކަމާއެކު ކުރިއަށް ދިޔައެވެ. އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙުކަން ހާމަކޮށްދިނުމަށް އޭނާ ދައްކަމުން ދިޔަ ހެކިތަކުގެ ސާބިތުކަމާއި ތެދުކަމުގެ ސަބަބުން ދިމިޝްޤުގައި އުޅުނު ބަނީއިސްރާއީލު މީހުންނަކަށް އެކަމާ ދެކޮޅަށް ދައްކާނެ ހެއްކެއް ބުނާނެ ބަހެއް ނޭނގުނެވެ.


އީސާގެފާނަށް އީމާންވުމުގެ ސަބަބުން މިހާރު ކަލޭމެން އެންމެންނަކީ ވެސް މާތްރަސްކަލާނގެ ދަރިންނެވެ.


ކަލޭމެންނަކީ ބަނީއިސްރާއީލުންގެ މީހަކަސް ނުވަތަ ބަނީއިސްރާއީލު ނޫން މީހަކަސް، ނޫނީ މީހެއްގެ އަޅަކަސް ނުވަތަ މިނިވަނަކަސް، ނުވަތަ އަންހެނަކަސް ފިރިހެނަކަސް، ކަލޭމެން އެންމެންނަކީ ވެސް ހަމަހަމަ އެއްވަރު ބަޔަކަށްވެ އެކައްޗަކަށް ވެފައި ތިޔަވަނީ އީސާގެފާނަށް އީމާންވެ ތިބީމައެވެ.


އަދި ހުރިހާ އެންމެން އަލްމަސީޙު އީސާ އަލްމަސީޙަކީ މާތްސާހިބާ ކަމުގައި އެއްބަސްވުމުގެ އިތުރުން ބައްޕާފުޅު، މާތްރަސްކަލާނގެ މަތިވެރިކަމާމެދު ޙަމްދާއި ސަނާ ކިޔާނެއެވެ.


ކޮންމެ ޙާލަތަކަށް ކުރިމަތިލުމުގެ ކުޅަދާނަކަން އަލްމަސީޙު އަހަރެންނަށް ދެއްވައެވެ.


މާތްކަލާނގެ އަހަންނާ މަތިކުރައްވާފައި މިވަނީ އެކަލާނގެ އެންގެވި މުޅި ރިސާލަތު ތިޔަބައިމީހުންނަށް އަންގައިދީގެން ތިޔަ ޖަމާޢަތަށް ޚިދުމަތް ކޮށް ދިނުމަށެވެ.


މި ސިޓީ އަކީ އީސާގެފާނުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ އަދި އަހަރެމެން ހަމައެކަނި ދިންނަވާ ފަރާތުގެ އަމުރުފުޅަށް ހަމަޖެއްސެވި، އެކަލާނގެ މަންދޫބެއް ކަމުގައިވާ ޕައުލް ލިޔާ ސިޓީއެކެވެ. މި ހަމަޖެއްސެވުމަކީ އަހަރެމެންގެ އުންމީދު ކަމުގައިވާ އީސާ އަލްމަސީޙުގެ ހަމަޖެއްސެވުމެކެވެ.


މި ހެޔޮޚަބަރުފުޅުގެ އިލްމު އަހަރެންނާ މަތިކުރައްވާފައި ވަނީ އެ ބަރަކާތްތެރި ޖަލާލުވަންތަ ކަލާނގެ ކިބަފުޅުންނެވެ.


މި ސިޓީ އަހަރެން މި ލިޔަނީ ތެދުވެރި އީމާންތެރި ދަރިއެއް ކަމުގައިވާ ތިމޮތީ އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވާށިއެވެ.


އަހަރެން މާތްރަސްކަލާނގެ ޙަޟްރަތު ހެކިކޮށް ތިބާއަށް އަމުރު ކުރަމެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗަކަށް ދިރުންދެއްވާ ކަލާނގެއެވެ. އަދި އީސާ އަލްމަސީޙުގެ ޙާޟިރުގައި ބުނަމެވެ. އެކަލޭގެފާނު ޕޮންތިޔުސް ޕިލާތުސްގެ ކުރިމަތީގައި އީމާންތެރިކަން ފުރިހަމައަށް ސާބިތު ކޮށްދެއްވިއެވެ.


އަހަރެން ކިޔަވައިދިން ކަންތައް ވަރަށްގިނަ ހެކިވެރިންނާއެކު ތިބާއަށް ވާނީ އަޑުއިވިފައެވެ. އަހަރެން އެދެނީ އަހަރެން އެ ދަސްކޮށްދިން ކަންތައް އެހެންމީހުންނަށް އުނގަންނައިދެވޭނެ އިތުބާރު ހުރި ތިބި ބަޔަކަށް އެވާހަކަތައް ކިޔައިދިނުމަށެވެ.


ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.


މިސިޓީ ލިޔެ މި ފޮނުވަނީ އީމާންތެރިކަމުގައި ވީ އަހަރެންގެ ދަރިފުޅު، ތީތުސް އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު ތިބާއަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!


Follow us:

Advertisements


Advertisements