ތިމޮތީއަށް ފުރަތަމަ ސިޓީ 1:11 - ކިތާބުލް މުޤައްދަސާ11 މި ހެޔޮޚަބަރުފުޅުގެ އިލްމު އަހަރެންނާ މަތިކުރައްވާފައި ވަނީ އެ ބަރަކާތްތެރި ޖަލާލުވަންތަ ކަލާނގެ ކިބަފުޅުންނެވެ. See the chapter |
އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ.
ސަބަބަކީ މާތްރަސްކަލާނގެ އަހަރެމެންނާއިމެދު ރުހިވޮޑިގަންނަވައި ހެޔޮޚަބަރުފުޅު އަހަރެމެންނާއި ޙަވާލު ކުރެއްވިއެވެ. އެހެންވީމާ، އަހަރެމެން މުޚާތަބު ކުރަނީ މީހުންގެ ރުހުން ލިބުމަކަށް އެދިގެން ނޫނެވެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދައިންނެވެ. އަދި އަހަރެމެންގެ ހިތްތަކުގެ މަގުސަދު ފައިސަލާ ކުރައްވާނެ ފަރާތަކީ މާތްރަސްކަލާނގެއެވެ.
އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ދަރުސް ދޭމީހުންގެ ގޮތުގައި އަހަރެން ހޮއްވެވީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނޫން އެހެން މީހުންނަށް އެކަލޭގެފާނާއި ބެހޭ ގޮތުން ވީ މި އުފާވެރި ޚަބަރު ތެދުވެރިކަމާއި އީމާންތެރިކަމާއެކު އަންގައިދީ ހެދުމަށެވެ. މިއީ ތިބާ ކައިރީގައި އަހަރެން ބުނާ ތެދު ބުނުމެކެވެ. ދޮގު ވާހަކަތަކެއް ނޫނެވެ.