Biblia Todo Logo
Online Bible

- Advertisements -




ތިމޮތީއަށް ފުރަތަމަ ސިޓީ 1:10 - ކިތާބުލް މުޤައްދަސާ

10 މި ޤާނޫނުތައް ހިފެހެއްޓިފައި ވަނީ އިންސާނުންގެ ތެރެއިން ފާޙިޝް އަމަލުތައްކުރާ މީހުންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި އަޅުން ގަނެވިއްކާ ފަރާތްތަކާއި ދޮގުވެރިންނާއި ހުވަޔާ ޚިލާފުވާ ފަރާތްތަކަށެވެ. އަދި ތެދު އުނގަންނައިދިނުންތަކާއި ދެކޮޅުވެރިވާ މިނޫން ވެސް ހުރިހާ ފަރާތްތަކަށެވެ.

See the chapter Copy




ތިމޮތީއަށް ފުރަތަމަ ސިޓީ 1:10
34 Cross References  

އެމީހުން ހަޅޭއްލަވާ ގޮވަންފެށިއެވެ. ”⁠ކަލޭގެ ގެއަށް މެހެމާނުންގެ ގޮތުގައި އައި ދެމީހުން ކޮބާ؟ އެމީހުން ނެރޭ. އަހަރެމެންނަށް އެމީހުންނާއި އެކު ޖިންސީގުޅުން ހިންގޭނީ އޭރުން.⁠“


އެކަލޭގެއަކީ އަހަރެމެން އަޚެއްމެ. އަހަރެމެން އެކަލޭގެ މަރުގެ ޒިންމާ ނެގުމުގެ ބަދަލުގައި މިއަންނަ އިސްމާޢީލީންގެ ގާފިލާގެ ވިޔަފާރިވެރިއަކަށް އެކަލޭގެ ވިއްކާލަމާ ހިނގާ!⁠“ މިގޮތާއިމެދު ޔަހޫޛާގެ އެންމެހާ އަޚުން އެއްބަސްވިއެވެ.


އަހަރެންނަކީ އަހަރެންގެ އުފަންވި ރަށް ކަމުގައިވާ ޢިބްރާނީއިން ރަހީނުކުރެވިގެން މިޞްރަށް ގެނެވުނު މީހެއް. އަހަރެން ޖަލުގައި ހައްޔަރު ކުރެވިފައި މިވަނީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫން.⁠“


ކަލޭމެންގެ އިލާހު، ’⁠މާތްރަސްކަލާނގެ⁠‘ ނަން ކަލޭމެން ނުރަނގަޅު ގޮތުގައި ބޭނުންކޮށްގެން ނުވާނެ. އެހެނީ އެ ގޮތަށް ކަންތައް ކުރާ މީހަކަށް އަދަބު ނުދީއެއް އަހަރެން ދުލެއް ނުކުރާނަން.


ގަދަކަމުން މީހުން އަތުލައިގަންނަ މީހުން ވެސް މަރާލަން ޖެހޭނެ. އެއީ އެ އަތުލައިގަތް މީހުން އޭނާ ގެންގުޅުނު ކަމުގައިވިޔަސް ނުވަތަ ވިއްކާލި ކަމުގައިވިޔަސްމެ.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.


ދޮގު ފަތުވާގެ އެދުރުން މިކަންތައްތަކާއި މެދު އިންކާރު ކުރާނެއެވެ. އެހެނަސް މި ޚަބަރުތަކަކީ މާތް ސާހިބާ އީސާ އަލްމަސީޙުގެ އުނގަންނަވައި ދެއްވުމެވެ. އަދި އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ޙަޔާތަށް އަހަރެމެން ދިޔުމަށްޓަކާ ފުރިހަމަ ބިންގާ ވެސް އަޅުއްވާ ދެއްވާފައެވެ.


އަހަރެންގެ ފަރާތުން ތިބާއަށް ލިބިގެންދިޔަ ރަނގަޅު ފިލާވަޅުތައް ނަމޫނާގެ ބޭނުން ކުރާށެވެ. އަދި އީމާންތެރިކަމާއެކު ދިރިއުޅުމަށް ހަނދާން ކުރާށެވެ. ހަމަ އެހެންމެ އީސާ އަލްމަސީޙު ތިބާ އާއިމެދު ބަހައްޓާ ލޯތްބާއި އެކުގައިމެއެވެ.


ސައްޙަ ތައުލީމެއްގެ އަޑުއަހަން މީސްތަކުންނަށް ކެތްނުކުރެވޭނެ ފަދަ ދުވަހެއް އަންނާނެއެވެ. އޭގެ ބަދަލުގައި އެމީހުން އަހާހިތްވާނީ އެމީހުންގެ ކަންފަތްތަކުގެ ކެހުން ފިލާފަލަ ބަސްތަކެވެ. އެމީހުން ހިތް އެދޭ އެފަދަ ބަސްތައް ބުނާ އެދުރުން ވަށާލެވޭތޯ އެމީހުން ބަލާނެއެވެ.


މިއީ ތެދުބުނުމެކެވެ. މިފަދަ މީހުންނާއިމެދު ހަރުކަށިވާށެވެ. އީމާންތެރިކަމުގައި ސާބިތު ވުމަށް އެމީހުންނަށް އެހީވާށެވެ.


އެމީހުން ވާން ޖެހޭނީ އެމީހުންނަށް އެނގިގެންވީ މި ޚަބަރުފުޅަކީ ތެދު ޚަބަރުފުޅު ކަމުގައި ބަލައިގަނެ އިތުބާރު ގޮތެއްގައި ހިފަހައްޓާ ބަޔަކު ކަމުގައެވެ. އެހެންވީމާ މި ހަރުދަނާ ޢަގީދާ އުނގަންނައި ދިނުމުން އީމާންތެރިންނަށް ހިތްވަރު ލިބި އިދިކޮޅު މީސްތަކުން އިސްލާޙު ވެދެއެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.


އަދި ފޮނިތޮއްޓާއި، ހަވާދާއި، ހުވަނދާއި، ދުންއަޅާނޭ ހުވަނދާއި، މީރުވަސްދުވާ ތަކެއްޗާއި، މޭބިސްކަދުރުގެ ރަލާއި، އަދި ތެލާއި، ފުށާއި، ގޮދަނާއި، ކަންބަޅިއާއި، ގެރިއާއި، އަހާއި، އަސްގާޑިޔަލާއި، އަޅުންގެ ގޮތުގައި ވިއްކާ އިންސާނުންނާއި މިއިން އެއްވެސް އެއްޗެއް މީހަކު ނުގަންނާތީއެވެ.


ނަމަވެސް ތޯހިރު ވެގެން ނުވާ އެއްވެސް އެއްޗެއް އެ ސަހަރަކަށް އެތެރެއް ނުވާނެއެވެ. ނޫނީ ލަދުވެތި އަމަލުތައް ކުރާ މީހުންނާއި ދޮގުވެރިންނަށް އެ ސަހަރަކަށް ނުވަދެވޭނެއެވެ. އެ ސަހަރަށް ހަމައެކަނި ވަދެވޭނީ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި ނަން ލިޔެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ނަމަވެސް އެސަހަރުގެ ބޭރުގައި ތިބޭނީ ވަޙުޝީ އަމަލުތައް ކުރި މީސްތަކުންނާއި ފަންޑިތަވެރިންނާއި، ފާޙިޝް މީހުންނާއި، ގާތިލުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، އަދި އަމަލުންނާއި ބަހުން ދޮގުވެރިންނެވެ.


Follow us:

Advertisements


Advertisements