Online Bible

- Reklamy -




ހާމަކޮށްދެއްވުންތަކެއް 1:4 - ކިތާބުލް މުޤައްދަސާ

4-5 މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.

Viz kapitola kopírovat




ހާމަކޮށްދެއްވުންތަކެއް 1:4

Následuj nás:

Reklamy


Reklamy