މަރުކުސް 6:48 - ކިތާބުލް މުޤައްދަސާ48-49 ވައިގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ސަލާމަތް ވުމަށްޓަކައި އެކަލޭގެފާނުގެ އަސްޙާބީން މަރުފަލިޖަހަމުން ދިޔަ ތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަން ހިނގީ ފަތިސްދަމާއި ގާތްވެފައިވާ ވަގުތެއްގައެވެ. އެ ހިނދު އެކަލޭގެފާނު ފެންމަތީގައި ހިންގަވަމުން އަސްޙާބީން ފަސްދެއްވާ ވަޑައިގެންނެވިހިނދު އެބޭކަލުންނަށް އެކަލޭގެފާނު ފެންމަތީގައި ހިންގަވާވަޑައިގަންނަވަނިކޮށް ފެނުމުން އެއީ ފުރޭތައެއް ކަމުގައި ހީކޮށް ބިރުން ހަޅޭލަވަމުން ގެންދިޔައެވެ. Viz kapitola |