މަރުކުސް 3:7 - ކިތާބުލް މުޤައްދަސާ7-8 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކު ގަލީލީ ކަނޑަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ ބަޔަކު ދިޔައެވެ. އެބައިމީހުންގެ ތެރޭގައި ގަލީލީންނާއި ޖުދެއާއިންނާއި، ޖެރޫސަލަމުންނާއި، އިދުމެއާގެ ސަރަހައްދުންނާއި، އުރުދުން ކޯރުގެ އިރުމަތީ ރަށްތަކުގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގެ ތެރެއިން ޞޫރާއި ޞައިދޫންގެ އަހުލުވެރިން ވެސް ވިއެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް އައި ސަބަބަކީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ މުޢުޖިޒާތީ ކަންތައްތަކުގެ ޚަބަރު ލިބުމުންނެވެ. Viz kapitola |