Online Bible

- Reklamy -




މަރުކުސް 14:35 - ކިތާބުލް މުޤައްދަސާ

35-36 ކުޑަ ތަންކޮޅެއް ކުރިއަށް ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު ބިންމައްޗަށް ތިރިވެ ވަޑައިގަންނަވާ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނާއިމެދު ކުރިމަތިވަމުން އަންނަ ވޭންދެނިވި ވަގުތާއިމެދު އެކަލޭގެފާނު ވަނީ ފުން ހިތާމައިގައެވެ. އަދި އެވަގުތު އެކަލޭގެފާނާއި ކުރިމަތި ނުކުރެއްވުމަށް އެދި އެކަލޭގެފާނު ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އެންމެހާ ކަންތައްތައް ކުރެއްވުމަށް ބައްޕާފުޅު ކުޅަދުންވަންތަވެ ވޮޑިގެންވޭ. ބައްޕާފުޅަށް ކުރެއްވެން އޮތްނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވައި ދެއްވާނދޭވެ. ނަމަވެސް އަޅުގަނޑު އެދޭ އެދުމަށް ވުރެން ބައްޕާފުޅު އެދެވޮޑިގެންވާ ގޮތުގެ މަތިން މިކަންތައްތައް ހިންމަވައިދެއްވާނދޭވެ.⁠“

Viz kapitola kopírovat




މަރުކުސް 14:35

Následuj nás:

Reklamy


Reklamy