މައްތާ 8:28 - ކިތާބުލް މުޤައްދަސާ28 ކަނޑުގެ އަނެއްފަރާތުގައި އޮތް ގަދާރަ ސަރަހައްދަށް އީސާގެފާނު ވަޑައިގެންނެވިއެވެ. އަދި ކަނޑުގެ އައްސޭރި ފަށުގައި އެކަލޭގެފާނު ވީހިނދު ގަބުރުސްތާނުގެ ތެރެއިން އައި ދެމީހަކާއި އެކަލޭގެފާނާއި ބައްދަލުވިއެވެ. މިބައިމީހުންނަކީ ޖިންނި އަވަލާފައި ތިބި ބައެކެވެ. މި މީހުންގެ ނުރައްކާތެރިކަން ބޮޑުކަމުން މީސްތަކުން އެމަގުން ދަތުރު ކުރުމަށް ނުހަނު ބިރުވެތިވެއެވެ. Viz kapitola |