މައްތާ 20:25 - ކިތާބުލް މުޤައްދަސާ25 އެހެންވެ އީސާގެފާނު އެ އެންމެ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން ދުނިޔޭގެ ޤައުމުތަކުގައި މީސްތަކުންގެ ވެރިކަމަށް އަރާ މީހުން އެމީސްތަކުންގެ މައްޗަށް ގަދަބާރު ހިންގާނެ. އަދި އެމީހުންގެ އިސް ވެރިން ހިތުހުރިހާ ގޮތެއް އެމީސްތަކުންނާ މެދު ހަދާނެ. Viz kapitola |