މައްތާ 15:22 - ކިތާބުލް މުޤައްދަސާ22 އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.“ Viz kapitola |