ލޫކާސް 8:27 - ކިތާބުލް މުޤައްދަސާ27 އީސާގެފާނު ދޯނިން ފައިބައި ވަޑައިގަތް ވަގުތު އެރަށުގެ މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. މިމީހާއަކީ އެތައް ޖިންނިތަކެއް އަވަލާފާ ވުމުގެ ސަބަބުން މޮޔަވެފައިވާ މީހެކެވެ. އޭނާ ގަޔަށް އެއްޗެއް ނުލާ އޮރިޔާމުން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަދި އޭނާ ގެއެއްގެ ހިޔާވަހި ކަމުގެ ދަށުގައި ވެސް އުޅޭކަށެއް ބޭނުމެއް ނުވެއެވެ. އޭނާ ދިރިއުޅެނީ މީހުން ނުއުޅޭ ފަޅު ހިސާބެއްގައި އޮންނަ މީހުން ވަޅުލާ ތަނެއްގައެވެ. Viz kapitola |