ލޫކާސް 8:16 - ކިތާބުލް މުޤައްދަސާ16 އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް މިފަދައިން ވެސް ވިދާޅުވިއެވެ. ”އެކަކު ވެސް އެނދު ތަންދޮށަށް ލާ ފޮރުވުމަށް ނުވަތަ ބޯތައްޓެގެ ދަށަށް ލާ ފޮރުވުމަށްޓަކައި ބައްތިއެއް ނުދިއްލާނެ. އޭގެ ބަދަލުގައި މީހަކު ބައްތިއެއް ދިއްލައިފިނަމަ އެ ގެންގޮސް ގޭގެ ކުރިމަތީގައިވާ ބައްތި އަޅުވާ ނަރުގަނޑުގައި އަޅުވާނެ. އޭރުން އެގެއަށް އަންނަ ބަޔަކަށް އޭގެ އަލިކަން ލިބޭނެ. Viz kapitola |