ލޫކާސް 8:1 - ކިތާބުލް މުޤައްދަސާ1 މިއަށް ފަހު އީސާގެފާނު ދަތުރު ކުރައްވާ ކައިރި ހިސާބުތަކުގެ ރަށްތަކަށާއި އަވަށްތަކަށް ވަޑައިގެންނެވިއެވެ. އަދި އެރަށްތަކާއި އަވަށްތަކުގެ މީސްތަކުންނަށް އެބައެއްގެ މައްޗަށް ވެރިކަން ކުރައްވާ ފަރާތަކީ މާތްރަސްކަލާނގެ ރަސްކަންފުޅުކަން ގަބޫލުކޮށް އީމާންވާ މީސްތަކުންނަށް ހެޔޮޚަބަރުފުޅު ދެއްވިއެވެ. އެތާނގައި އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީން ވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. Viz kapitola |