ލޫކާސް 7:6 - ކިތާބުލް މުޤައްދަސާ6 އީސާގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެގެއާއި ވަރަށް ކައިރިވެ ވަޑައިގެންފައި ވަނިކޮށް މި ރޯމުގެ ސިފައިންގެ މީހާ އޭނާގެ އެކުވެރިންގެ ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް މިފަދައިން ދެންނެވުމަށް ފޮނުއްވިއެވެ. ”މާތްސާހިބާ. ކަލޭގެފާނު އަޅުގަނޑަށްޓަކައި ތިޔަވަރުގެ ބުރައެއް އުފުއްލަވަން ނޫޅުއްވާ. އަޅުގަނޑަކީ ތިޔަވަރުގެ ޝަރަފެއް ޙައްޤުވާ ވަރުގެ ރަނގަޅު މީހަކީމެއް ނޫން. އަދި އަޅުގަނޑަކީ އަޅުގަނޑުގެ ގެއަށް ކަލޭގެފާނު ވަޑައިގަތުމުގެ ޤަދަރު ލިބުން އެކަށީގެންވާ މީހެއް ވެސް ނޫން. Viz kapitola |