ލޫކާސް 7:24 - ކިތާބުލް މުޤައްދަސާ24-25 ޔަޙުޔާގެފާނުގެ ފަރާތްޕުޅުން އީސާގެފާނާއި ސުވާލު ކުރުމަށް އައި މީހުން އެނބުރި ދިއުމުން އީސާގެފާނު އެތަނަށް އެއްވެފައިވާ މީސްތަކުންނަށް ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”ކަލޭމެން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟ ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ތަ؟ ނޫނީ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ދުށުމަށް ތަ؟ ނޫން. އަގުބޮޑެތި ހެދުން އަޅައިގެން މުއްސަނދި ކަމުގައި އުޅޭ މީހުން ތިބޭނީ ގަނޑުވަރުތަކުގަ. Viz kapitola |