ލޫކާސް 23:50 - ކިތާބުލް މުޤައްދަސާ50-51 ޖުދެއާ ކަރައިގެ އަރިމާތެއާ ރަށުން އައި ޔޫސުފު އޭ ނަމަކަށް ކިއުނު މީހަކު އެތާނގައި ވިއެވެ. މިޔޫސުފު އަކީ ތެދުވެރި ޞާލިޙު މީހެކެވެ. އޭނާއަކީ ވެސް މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވާނެ ދުވަހުގެ އިންތިޒާރުގައި ހުރި މީހެކެވެ. އޭނާއަކީ ބަނީއިސްރާއީލު ދީނީކޯޓުގެ މެމްބަރަކު ކަމުގައި ވީ ނަމަވެސް އީސާގެފާނާއި ދޭތެރޭ ބަނީއިސްރާއީލުގެ ވެރިން މިނިންމި ނިންމުމާއި ކަންތައް ކުރި ގޮތާއި އޭނާ އެއްބަހެއް ނުވެއެވެ. Viz kapitola |