ލޫކާސް 23:26 - ކިތާބުލް މުޤައްދަސާ26 ރޯމުގެ ސިފައިން އީސާގެފާނަށް މަރުގެ އަދަބު ދިނުމަށްޓަކައި ރަށް ބޭރަށް ގެންދިޔައެވެ. އެބައިމީހުން ދިޔަ މަގުމަތީ ޝަމްއޫނު އޭ ކިއުނު ޒައިރީން ރަށުގެ މީހަކާއި ދިމާވިއެވެ. މީނާ އެމަގުން ދަތުރު ކޮށް ދިޔައީ ޖެރޫސަލަމަށް ދިއުމަށްޓަކައެވެ. ބައެއް ސިފައިންގެ މީހުން އޭނާ ގަދަ ކަމުން ގެނެސް އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ދިއުމަށް މަޖުބޫރު ކުރިއެވެ. Viz kapitola |